“ނެކްޓަން މޯލްޑިވްސް މިޝަން”އިން މިހާރު ކުރިއަށްގެންދާ ދިރާސާގެ ތެރެއިން ހުވަދޫ ކަނޑުގައިވާ “ސަތޯ ރަހަ”އޭ ކިޔާ ސަރަހައްދުގެ އަޑިން 1500 މީޓަރުގެ އުސް ފަރުބަދައެއް ހޯދައިފިއެވެ.
“ސަތޯ ރަހަ” އަކީ މަސްވެރިންގެ މެދުގައި ޒަމާނުއްސުރެ މަޝްރޫހޫރު ހުވަދޫ ކަނޑުގައި އޮންނަ ތިލައެކެވެ. މީގެއެތައް އަހަރެއްކުރިން މިސަރަޙައްދާ ގުޅޭ ދިރާސާތައް ކުރެވިފައިވީނަމަވެސް އެދިރާސާތައް ޢާންމުކޮށް ފެންނާކަށްނެތެވެ. އެހެންކަމުން ހުވަދޫ ކަނޑުގައި ހިމެނޭ ފަރުބަދައާގުޅޭ އެތައް މަޢުލޫމާތެއް ނެކްޓަން މޯލްޑިވްސް މިޝަންއިންމިވަނީ ހޯދައި ޢާންމުކޮށްފައެވެ.
ހުވަދޫކަނޑާ ގުޅޭގޮތުން ރާއްޖޭގައި ދިރާސީ ލިޔުންތައް ޝާޢިއުކޮށްފައި ނެތްނަމަވެސް ހުވަދޫކަނޑަކީ ބޭރުގެ ސައިންސްވެރިންގެ މެދުގައި ވަރަށް ތާރީޚީ އަދި އެމީހުން ޝައުގުވެރިވާ ސަރަޙައްދެއްކަން އެނގޭ ބައެއް ލިޔުންތައް އެބަހުއްޓެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ނެކްޓަން މޯލްޑިވްސް މިޝަންގެ ފަރާތުންވެސް ހޯދައި ބެލުމަށް އެންމެ ޝައުގުވެރިވީ އެއް ސަރަޙައްދަކީ ހުވަދޫ ކަނޑެވެ.
މިމިޝަންގެތެރެއިން ނެކްޓަން މިޝަންއިންވަނީ ހުވަދޫކަނޑުގެ އަޑިން ފަރުބަދައެއް ހޯދާފައެވެ. މިފަރުބަދައިގެ އުސްމިނުގައި 1500 މީޓަރު ހުންކަމަށް ނެކްޓަން މޯލްޑިވްސް މިޝަންއިން ހާމަކުރިއެވެ. މިފަރުބަދައިގެ އެންމެމަތި ފެންނަނީ ކަނޑު އަޑީގެ 300 މީޓަރު އަޑިންނެވެ. އަދި ފަރުބަދައިގެ ވަށަމިނުގައި 15 ނޯޓިކަލް މޭލު ހުރިކަމަށް މިދިރާސާއަށްވަނީ ފާހަގަކުރެވިފައެވެ. ނެކްޓަން މިޝަންއިން މި ފަރުބަދަ ހޯދައި މަޢުލޫމާތު އެއްކުރުމަށް 12 ގަޑިއިރުވަނީ ހޭދަވެފައެވެ.
We went on the hunt for a deep sea mountain known to local fishermen as Satho Rahaa. Mapping the seamount was a 12 hour gig, and so we had a guessing game on board!
Question of the day – how deep is the summit?
Clue – charts have it from 15m – 300mWhat's your best guess? pic.twitter.com/yT7xUP9epx
— Nekton (@nektonmission) September 29, 2022
ހުވަދޫ ކަނޑަކީ ރާއްޖޭގެ މަސްވެރިންގެ މެދުގައި މަސްވެރިކަންކުރުމުގައާއި އެންވެރިކަމުގައިވެސް ފާހަގަކުރެވޭ ސަރަޙައްދެކެވެ. ޚާއްސަކޮށް ރާއްޖޭގައި ބާނާ ކަނޑުމަހުގެ އެކިބާވަތްތައް ގިނަ ޢަދަދަކަށް ފެންނަ، މަސް ތިޔާގި ސަރަޙައްދެއްގެ ގޮތުގައި މިފަރުބަދަ ހިމެނޭ ސަރަޙައްދުވަނީ ފާހަގަކުރެވިފައެވެ. ނެކްޓަން މިންޝަންއިން މިހާރު އެންމެ ބޮޑަށް ދެނެގަތުމުގެ ޝައުގުވެރިކަން ހުރީ ކަނޑު އަޑިން ހޯދި މިފަރުބަދަ ކައިރީގައި މަހުގެ އެކިބާވަތްތައް އާލާވެ ތިޔާގިވުމުގެ ހަގީގަތް ހޯދުމަށެވެ. ނެކްޓަން މިޝަންގެ ސައިންސްވެރިން ޤަބޫލުކުރައްވާގޮތުގައި ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން މިހާތަނަށް އުފެދިފައިވާ ގިނަ ސުވާލުތަކަކަށް މިދިރާސާގެ އަލީގައި ޖަވާބުތަކެއް ލިބިގެންދާނެއެވެ.
ނެކްޓަން މިޝަންއިންވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ 34 ފަރުބަދައެއްގެ މަޢުލޫމާތު އެއްކުރުމަށް ނިންމާފައެވެ. މިދިރާސާގައި އެންމެ ފަހުގެ އެކި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިންސްވެރިން އަންނަނީ މަޢުލޫމާތު އެއްކުރަމުންނެވެ.
