ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޒާކިރު ނައިކްގެ ނަސޭހަތާއެކު ޤަތަރުން 4 މީހަކު އިސްލާމްވެއްޖެ

މިވަގުތު ޤަތަރުގައި ދީނީ ނަސޭހަތްދެއްވަމުން ގެންދަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކްގެ ކުރިފުޅުމަތީގައި ޣައިރުދީންތަކަށް ނިސްބަތްވާ 04 މީހުން އިސްލާމްވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. ވޯލްޑް ކަޕާ ދިމާކޮށް ޤަތަރުގައި ދީނުގެ ދަޢުވަތު ފޯރުކޮށްދިނުމަށް އެ ޤައުމުގެ އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޚާއްޞަ ހަރަކާތުގެ ސަބަބުން މިހާތަނަށް 558 މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވާކަމަށް އިންޑިއާ ޓްޑޭގައިވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޒާކިރު ނައިކް ހުންނެވި ސްޓޭޖްމަތީގައި ހަތަރު މީހުން ހުއްޓި ތިބެ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފެންމަތިވެފައެވެ. މި ވީޑިއޯއިން ފެންނަގޮތުން، ޒާކިރުް ނައިކް އެމީހުން ކައިރީގައި މާތްﷲ ވޮޑިގެންވާކަމާ ހައްޤުވެގެން ހަމައެކަނި އަޅުކަން ކުރެވޭނެ ފަރާތަކީ އެ އިލާހުކަމަށް ޤަބޫލުކުރަންތޯ އާއި މުޙައްމަދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލާނގެ ރަސޫލާކަމަށް ހެކިވަންތޯ އާއި އީސާ ޢަލައިހިއްސަލާމަކީ ﷲގެ ރަސޫލެއްކަމަށް ޤަބޫލުކުރަންތޯ ސުވާލުކުރާތަން ފެނެއެވެ. އެމީހުން އެކަންކަމަށް އެއްބަސްވާކަމަށް ބުނާތަންވެސް ވީޑިއޯއިން ސާފުކޮށް ފެނެއެވެ. ސްޓޭޖަށް އަރާ މީހުންގެ ތެރެއިން އެކަކު، ޝަހާދަތުގެ ދެކަލިމަ ކިޔާތަންވެސް މި ވީޑިއޯއިން ފެނެއެވެ.

https://www.youtube.com/watch?v=UHfBbqKyYX8

ޒާކިރް ނައިކް އަކީ އިންޑިއާ ރައްޔިތަކަށް ވިޔަސް އޭނާ އަކީ އެ ގައުމުގެ ނެޝަނަލް އިންވެސްޓިގޭޓިވް އެޖެންސީ އާއި އެންފޯސްމެންޓު ޑައިރެކްޓަރޭޓުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ. އެއީ ޒާކިރް ނައިކުގެ ޖަމިއްޔާ ކަމަށްވާ އިސްލާމިކް ރިސާޗް ފައުންޑޭޝަނުން އިސްލާމް ދީން ޕްރޮމޯޓު ކުރަން އެ ގައުމުގައި ހިންގި ހަރަކާތްތަކާއި ގުުޅިގެންނެވެ.

އެ ޖަމިއްޔާ މަނާކޮށް އާއި ޒާކިރު ނައިކް އިންޑިއާއިން ހޯދާ މީހުންގެ ލިސްޓަށް އެރުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެނީ ގައުމުން ބޭރުގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top