ޖަވާބު އެކެޑަމީގެ އާ ވެބްސައިޓް 02 ޑިސެމްބަރު 2022ވީ ހުކުރު ދުވަހު ލޯންޗްކޮށްފިއެވެ. މިވެބްސައިޓް ލޯންކުރެވުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި އެޗްޑީސީ ސްމާޓްކޮމް ފެއަރގެ ތެރެއިންނެވެ.
ވެބްސައިޓް ލޯންޗްކުރުމަށްފަހު ވެބްސައިޓާއި ބެހޭ ގޮތުން ޖަވާބުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޖައިލަމް ދެއްކިވާހަކައިގައި، މިއީ އޮންލައިންކޮށް ކިޔަވައިދިނުން އައު ހަރުފަރަތަށް ގެންދިއުމަށް ޖަވާބު އެކެޑަމީއިން ތަޢާރަފް ކުރި ވެބްސައިޓެއް ކަމަށް ފަހާގަ ކުރިއެވެ. އަދި މިވެބްސައިޓުން ކޮންމެ މީހަކަށްވެސް ބޭނުން އިރަކު އަމިއްލަ ސްޕީޑްގައި، ބޭނުންވާ ކޮންމެ ވަގުތެއްގައި އޮންލައިންކޮށް ކޯސް ހެދުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.
“ބެޗް ފެށެންދެން މަޑުކުރާކަށް ނުޖެހި، ބޭނުން ކޮންމެ އިރަކު ކޮންމެ ތާކު، ކޮންމެ ވަގުތަކު އޮންލައިންކޮށް ކިޔެވޭނެ!”
ޖަވާބު އެކެޑަމީއިން ހިންގާ އޮންލައިން ކޯސްތަކަކީ އެކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހެދިފައިވާ ކޯސްތަކެކެވެ. އެގޮތުން މިވަގުތު ޖަވާބު އެކެޑަމީ ވެބްސައިޓް (Javaabu.edu.mv) ގައި ޝާއިއުކުރެވިފައިވާ ކޯސްތަކުގެ ތެރޭގައި:-
* ކޯޑިންގް ކޯސް، ފްޓޯޝޮޕް ކޯސް
* ވީޑިޔޯގްރަފީ ކޯސް
* މައިކޮރޯސޮފްޓް އޮފީސް ކޯސް
* ވެބް ޑިވެލޮޕްމެންޓް – ކޯހުގެ އިތުރުން އިތުރު ބައެއް ކޯސްތައް ހިމެނެއެވެ.
މިހުރިހާ ކޯހެއްގައިވެސް ބައިވެރި ވުމަށް މަހުފީ ދެއްކުމުގެ ބަދަލުގައި ދައްކަން ޖެހޭނީ ހަމައެކަނި ރެޖިސްޓްރޭޝަން ފީއެކެވެ. އަދި އޮންލައިންކޮށް ކޯހުގެ ހުރިހާ ކަމެއްކޮށް ސިސްޓަމުން ސެޓްފިކެޓްވެސް ޖެނެރޭޓްކުރެވެއެވެ.
މިހާތަނަށް ޖުމްލަ 1700އަށް ވުރެ ގިނަ ދަރިވަރުންވަނީ ޖަވާބު އެކެޑަމީގެ އެކި ކޯސްތަކުގައި ބައިވެރި ވެފައެވެ. އަދި ލޯންޗްކުރެވިގެން މިދިޔަ އާ ވެބްސައިޓާއި އެކު މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެކަމަށް ދެކޭ ކަމަށް ޖަވާބު އެކެޑަމީން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް