ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާޖޮލްގެ “ސަލާމް ވެންކީ” ގެ ރަސްމީ ޓްރެއިލާ ބަލައިފިންތަ؟

“ކުޗް ކުޗް ހޯތާ ހޭ” ގެ ތަރި ކާޖޮލްގެ އައު ފިލްމު “ސަލާމް ވެންކީ”ގެ ހިތްގައިމު ޓްރެއިލާ ބަލައިފިން ހެއްޔެވެ؟ މި ފިލްމުގައި ކިޔައިދޭނީ މަންމައަކާއި އޭނާގެ ނުކުޅޭދޭ ފިރިހެން ދަރިފުޅުގެ ވާހަކައެވެ.

މިމަހު 09 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކުރާ “ސަލާމް ވެންކީ” ޑައިރެކްޓްކޮށްފައި ވަނީ ބަތަލާ ރިވަތީ އެވެ. އޭނަ އަކީ ސަލްމާން ޚާންގެ 1990 ގެ ފިލްމު “ލަވް” ގެ ބަތަލާއެވެ.

ބަތަލާ ކާޖޮލް މައި ރޯލުން ފެނިގެންދާ މިފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ހިތްވަރުގަދަ މަޔަކު އުފުލާ ބުރަތަކެވެ.

ބަތަލާ ކާޖޮލްގެ އިތުރުން ފިލްމުން ދެން ފެނިގެންދާ ތަރިންނަކީ، ވިޝާލް ޖެތުވާ، ރާހުލް ބޯސް، ރާޖީވް ކަންޑޭލްވާލް އަދި އާނަންދު މަހާދޭވަން އެވެ.

މީގެއިތުރުން ފިލްމުގައި ހާއްސަ ފެނިލުމަކުން އެކްޓަރު އާމިރު ޚާންވެސް ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިލްމަކީ، ބީލައިވް ޕްރޮޑަކްޝަންސްއާއި ރީޓޭކް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top