ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތައި ސިލްކް ފެޝަން ވީކްގަ ޖާދުގެ ޑިޒައިންތަކެއް

ރާއްޖޭގެ ފެޝަން ޑިޒައިނަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ޖާދުﷲ އިސްމާޢީލް އަކީ ހަމަ ގައިމުވެސް ފެޝަން ޑިޒައިނިންގެ ޖާދޫތަކެއް ދައްކަމުން އަންނަ ޒުވާން ޑިޒައިނަރެކެވެ. މަޝްހޫރު ފެޝަން ޑިޒައިނަރ، އެކްޓަރ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާޢީލް (ޖާދު) ގެ ހިތްގައިމު ފަރުމާތަކެއް މިހާރު ކުރިއަށްދާ “ފެޝަން ޓީވީ ތިން ވަނަ ތައި ސިލްކް އިންޓަނޭޝަނަލް ފެޝަން ވީކް” ގައި ހުށަހަޅައިދީފައިވެ އެވެ.

ޖާދުއަށް މި އިވެންޓް މުހިންމުވެގެން ދާއިރު މިއީ ދިވެހިރާއްޖެއަށް ވެސް ރީތިނަމެއް ލިބިގެންދާނެ މުހިންމު ހަރަކާތެކެވެ. އެހެންކަމުން ރާއްޖެއަށް ކާމިޔާބު ހޯދައިދިނުމުގައި ދިވެހީންގެ އެހީތެރިކަން ޖާދުއަށް ބޭނުންވެއެވެ. މާ ބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ތިރީގައި ހިއްސާކޮށްފައިވާ ލިންކު ޝެއަރކޮށް ވިއުޒް އިތުރުކުރުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

“…………..100 ޕަސެންޓް ޔަގީންކަމާއެކީ އެވޯޑް ހިއްލާލުމުގެ ހުރިހާވެސް ބާރެއް މިއަދު އޮތީ ދިވެހި ލޮބުވެތި ރައްޔިތުންގެ އަތްމަތީގަ. އަޅުގަނޑު އެދެނީ 11 ޑިސެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ތިޔަ އެންމެހާ ފަރުދުންވެސް މި ލިންކް ޝެއަރކޮށް އަދި ވިއުޒް އިތުރުކޮށްލަދެއްވުމަށް. އިންޝާﷲ މިއީ އަޅުގަނޑުމެންގެ ފަހަރު.” ޖާދުﷲގެ އިލްތިމާސްއަކީ މިއީއެވެ.

މި މިބާރާތުގައި ޖޫދުގެ ހެދުންތައް ދައްކައިލީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައި ޑިސެމްބަރު 07ވަނަ ދުވަހުއެވެ. ޖާދު ހުށަހެޅި ފަރުމާތަކުގެ ތެރޭގައި ފެނިގެންދިޔަ ސިލްކް “ކަސަބު” ލިބާހަށް ގިނަބައެއްގެ ސަމާލުކަމެއް ލިބިގެންދިޔައެވެ.

ރާއްޖޭގެ ސަގާފީ ހެދުމުގެ ފަރުމާތައް ވެސް އެކުލެވޭގޮތުން ޖާދު ތައްޔާރުކޮށްފައިވާ ތަފާތު ހަ ހެދުމެއް މި ޝޯގައި ފެނުނެވެ. އަޝްފާ ކިޔާފައިވާ “ކަސަބުން ބޯވަޅު” ލަވައިގެ ހަމަތަކަށް މޮޑެލުން ބޭނުންކޮށްގެން ދައްކައިލަދިން މި ހުށަހެޅުމުގައި އަންހެން ހަތަރު ހެދުމުގެ ފަރުމާއަކާއި ފިރިހެން ދެ ފަރުމާއެއް ފެނިގެންދިޔަ އެވެ.

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޝޯގައި ހުށަހެޅި ޖާދުގެ ފަރުމާތައް މެޑަމް ފަޒްނާ ބައްލަވާލެއްވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top