ބޮލީވުޑްގެ ހުނަރުވެރި ބަޠަލާ ރާނީ މުކްރަޖީ އަނެއްކާވެސް ތަފާތު ފިލްމަކުން ފެނިގެންދާނެކަން ހާމަކޮށް، ފިލްމު ”މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ“ ގައި އޭނާ ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ. މީގެ އިތުރުން ފިލްމު ރިލީޒްކުރާނެ ތާރީޚްވެސް އާއްމުކޮށްފައިވެ އެވެ.
ޒީސްޓޫޑިއޯސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖްގައި ރާނީގެ ފޮޓޯއެއް ހިއްސާކުރަމުން ލިޔެފައިވަނީ: ”އަތުން ބީވެފައިވާ ދަރިއެއް އަނބުރާ ހޯދުމަށް މަންމައަކު ކުރި މަސައްކަތުގެ ސަބަބުން ޤައުމަކަށް ލޮޅުން އަރައިގެންދިޔަ ހަޤީޤީ ވާހަކައެއް ގެނެސްދޭނެ ފިލްމު ”މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ“ ސިނަމާތަކުގައި އަޅުވާނީ 03 މާރިޗް 2023ގައި ކަމަށެ“އެވެ.
މި ފިލްމުގައި ފެނިގެންދާނީ ނޯވޭގެ ބަޔަކު އެޓޮޕްކޮށްފައިވާ އިންޑިއާ އަންހެނެއްގެެ ދަރިއެއް އަލުން އަނބުރައި ހޯދުމަށް އެ އަންހެންމީހާ ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ހަޤީޤީ ވާހަކައެކެވެ.
ފިލްމު ”މިސިޒް ޗެޓަރޖީ ވާސަސް ނޯރވޭ“ ރިލީޒްކުރުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ މި އަހަރު މެއި މަހު 20ވަނަ ދުވަހަށެވެ. މި ފިލްމު ޑައިރެކްޓްކުރީ އަޝިމާ ޗިބާރ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




