ވެބް ސީރީޒް ”ތާޖް – ޑިވައިޑެޑް ބައި ބްލަޑް“ ސްޓްރީމްކުރާ ތާރީޚު އިޢުލާނުކޮށް ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.
ނަސީރުއްދީން ޝާހް، އަދިތީ ރާއޯ ހައިދަރީ، އާޝިމް ގުލާޓީ، ތާހާ ޝާހް އަދި ޝުބަމް ކުމާރް މެހެރާ އިސް ރޯލުތަކުން ފެނިގެންދާ މި ވެބް ސީރީޒްގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަންދިޔާ މުރިދުލް، ޒަރީނާ ވައްހާބް، ރާހުލް ބޯސް އަދި ދަރްމެންދުރާ ފަދަ ތަރިން ހިމެނެއެވެ.
ހަޤީޤީ ހާދިސާތަކަކަށް ބިނާކޮށް އުފައްދާފައިވާ ”ތާޖް – ޑިވައިޑެޑް ބައި ބްލަޑް“ ގައި ދައްކުވައިދޭނީ މުޣަލްގެ ރަސްގެފާނު އަކްބަރުގެ ތިން ފިރިހެން ދަރިން ތަޚުތަށްޓަކައި ކުރާ ހަނގުރާމައެވެ. މި ތީމަށް ކުރިން އެތައް ފިލްމެއް އުފައްދާފައިވާއިރު، ތާރީޚީ ހާދިސާތައް ލޯބީގެ ނަޒަރުން ގެނެސްދިން އެ ފިލްމުތަކާއި ޚިލާފަށް މި ސީރީޒްގައި އެ ހާދިސާތައް ދައްކުވައިދޭނީ މީހުންގެ އުންމީދުތަކާއި އެދުންތަކާއި އުނި ކަންތައްތަކުގެ ނަޒަރުންކަމަށް ސީރީޒާއި ގާތް މަސްދަރުތަކުން ބުނެއެވެ.
ކޮންޓިލޯ ޑިޖިޓަލް އަދި ވިލިއަމް ބޯރތުވިކް ޕްރޮޑިއުސްކޮށް، ރޮން ސްކަލްޕެލޯ ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑްގެ ”ތާޖް – ޑިވައިޑެޑް ބައި ބްލަޑް“ ސްޓްރީމްކުރަން ނިންމާފައިވަނީ އަންނަ މާރިޗު މަހުގެ 3 ވަނަ ދުވަހު އޮންލައިން ޕްލެޓްފޯމް ޒީ5 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




