ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވަރަށް ތަފާތު” – ޓީވީއެމުން ގެނެސްދޭ ވަރަށް ތަފާތު ޝޯއެއް!

ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ދިވެހީންގެ މެދުގައި އެންމެ މަޤުބޫލު ދިވެހީންގެ ޗެނަލް، ޓެލެވިޒަން މޯލްޑިވްސް އިން މި އަހަރު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގެނެސްދޭ ޕްރޮގްރާމުތަކުގެ ތެރެއިން “ވަރަށް ތަފާތު” ނަމުގައި ގެނެސްދޭ ޕްރޮގްރާމުން ބެލުންތެރިންނަށް ކަމުދާ ތަފާތުތަކެއް ދައްކާލައިފި އެވެ.

ލަވަ ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދޭން ފަށާފައިވާ “ވަރަށް ތަފާތު” މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން މެހެމާނުންގެ ގޮތުގައި ގެނެސް، އެ ބޭފުޅުންގެ ލަވަކިޔުމުގެ ހުނަރު ދައްކައިދޭ ޕްރޮގްރާމެކެވެ.

މަޝްހޫރު ޕްރެޒެންޓަރ އަދި ކޮމީޑިއަންއެއްގެ ގޮތުގައިވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިބްރާހީމް ރަޝީދު (މަހުރަބް އިއްބެ) ގެނެސްދޭ މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް 28 މާރިޗް ވީ ބުރާސްފަތި ދުވަހުގެރޭ ވަނީ ގެނެސްދީފައެވެ. ފުރަތަމަ އެޕިސޯޑް ފެށުމުގެ ތެރެއިން އިއްބެ ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރެއިން ލަވަކިޔުމުގެ ހުނަރު ހުރި ބޭފުޅުން ފާހަގަކޮށްފައިވާ ކަމަށާ، މި ޕްރޮގްރާމުގެ އެޕިސޯޑްތަކުން އެފަދަ ބޭފުޅުންގެ ލަވަކިޔުމުގެ ހުނަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“ވަރަށް ތަފާތު” ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި ގެނެސްދިނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން އެވެ. އެ ޕްރޮގްރާމުގައި އިކްރާމުގެ އަޑުން ހިތްގައިމު ލަވަތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން ގެނެސްދިން ލަވަތަކުގެ ތެރޭގައި މޭނާ ހައްސާނު ކިޔާފައިވާ “ކެޔޮޅު ކިތަންމެ މޮޅަސް” ލަވަ ވެސް ވަރަށް މޮޅަށް ކިޔުއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ. ހަމަ އެހެންމެ “މަގެ ކަމަނަ ސައިމަލޭ ތީ ދޮން” މި ލަވަވެސް ކިޔުއްވާފައިވެއެވެ.

މެހެމާނުގެ ލަވަކިޔުން ގެނެސްދިނުމުގެ އިތުރުން، މެހެމާނާއި ގުޅުން ހުރި ފަރާތްތަކުން މެހެމާނާ މެދު ދެކޭ ގޮތްވެސް މި ޝޯގައި ގެނެސްދީފައިވެ އެވެ.

“ވަރަށް ތަފާތު” ޝޯގެ ސްކްރީންޝޮޓެއްގައި އިކްރާމް

https://www.facebook.com/tvmpage/videos/950865182598210

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top