ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަމޫދުގެ ފުރަތަމަ އަމިއްލަ ލަވަ ފެބްރުއަރީ 20 ގައި ނެރެނީ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި  ހަމޫދުގެ އަޙްމަދު ގެ ފުރަތަމަ އަމިއްލަ ލަވަ ފެބްރުއަރީ 20 ގައި ނެރެން ތައްޔާރުވެއްޖެ އެވެ.

‘ރޮއްވާފާ ނުދޭ’ ގެ ނަމުގައި ލަވަފޮށީގެ ތެރެއިން ރިލީޒްކުރަން ނިންމާފައިވާ މި ލަވަ އަކީ ހަމޫދު ގެ ލަވަކިޔުމުގެ ކެރިއަރުގައި މުހިންމު ލަވައެއްކަން އޭނާގެ ވާހަކަތަކުން އެނގުނެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ހަމޫދު ބުނީ ފެބްރުއަރީ ވިހިވަނަ ދުވަހު ރިލީޒްކުރާ ލަވައަކީ އޭނާގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ.

“މިއީ ހަމޫދުގެ ފުރަތަމަ އަމިއްލަ ލަވަ. މިއީ އަޅުގަނޑު ހެދި އޮރިޖިނަލް އަމިއްލަ ރާާގެއް. ލަވައިގެ ޅެން ހެދީވެސް އަޅުގަނޑު.” ލަވަ އާއި ބެހޭގޮތުން މުނިއަވަސް އަށް ހަމޫދު ބުންޏެވެ. މި ލަވައިގެ ވީޑިއޯ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް ހަމޫދު ބުންޏެވެ.

‘ރޮއްވާފާ ނުދޭ’ ގެ ނަމުގައި ހަމޫދު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ލަވައިގެ ޓީޒަރ އެއް މިހާރު ވަނީ އޭނާގެ ފޭސްބްކް ޕޭޖްގައި އާއްމުކޮށްފަ އެވެ.

ލަވައިގެ ބެކްބްރައުންޑް މިއުޒިކް ހަދައިދީފައި ވަނީ ފަތޯ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top