ރާއްޖޭގެ ބޮޑުބެރު ގްރޫޕްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ބޮޑުބެރު ގްރޫޕް ‘ރާޅުގަނޑު’ ގެ މިއުޒިކް ބޭންޑް ޕަރޭޒް (ޕަރޭޒް ބައި ރާޅުގަނޑު) ގެ ފުރަތަމަ ވީޑިއޯ ލަވަ އާދިއްތަ ދުވަހު ރިލީޒްކޮށްފި އެވެ.
ޕަރޭޒް ބޭންޑްގެ ބާނީ ހައްމާދު ރަޝީދު (ހަމްޕު) މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނީ ޕަރޭޒް ގެ ‘ޖާދޫވި މާ’ މިއީ 100 އިންސައްތަ އަމިއްލަ އުފެއްދުމެއް ކަމަށެވެ.
ހަމްޕު ބުނީ މި ލަވަ ކިޔާފައިވަނީ ‘ ޕަރޭޒް ބައި ރާޅުގަނޑު’ ބޭންޑްގެ މެންބަރު އައްފާނު ކަމަށެވެ. ލަވައިގެ ލީޑް ގިޓަރިސްޓަކީ މިއްޓު އެވެ. ބޭސް ގިޓަރިސްޓަކީ އެފް އެވެ. ޑްރަމްސް ކުޅެފައިވަނީ ކަކޭ އެވެ.

ޕަރޭޒް ބޭންޑްގެ ބައިވެރިން
ވަރަށް ފުރިހަމަ ސްޓޯރީ ލައިން އަކާއި ޑައިރެެކްޝަން އެއް ހިމެނޭ މިލަވައިން ފެނިގެންދަނީ ރާއްޖޭގެ މޮޑެލް ކުރުމުގެ ދާއިރާގައި ރާނީ އެއްގެގޮތުގައި ސިފަކުރެވޭ ފާތުމަތު ޒަޔަން (ކައިޒީން) އެވެ. އަދި މީގެ އިތުރުން ލަވައިގެ އެކްޓަރުންގެ ގޮތުގައި ފެނިގެންދަނީ ރާޅުގަނޑަށް ނިސްބަތްވާ ސާޖިއު އާއި އިތުރު އެހެން ކުއްޖެއްކަމަށް ހަމްޕު ބުންޏެވެ.

މޮޑެލް ފާތުމަތު ޒަޔަން (ކައިޒީން)
ހަމްޕު ގެ ސްޓޯރީ އަދި ޑައިރެކްޝަން އަށް ހަދާފައިވާ ‘ޖާދޫވި މާ’ މި ލަވައިން ގެނެސްދޭ މެސެޖަކީ ތިމާ ބޭނުންވާހާ އެއްޗެއް ހޯދަން އުޅުމަކީ ބަދުނާމުވެ ބޭޒާރު ވާނެކަމެއް ކަމަށެވެ.
“ކޮންމެ ލަވައަކުންވެސް މުޖުތަމައަށް މުހިންމު މެސެޖެއް ގެނެސްދޭނަން.” ހަމްޕް ބުންޏެވެ. ޕަރޭޒް ބޭންޑުން އިތުރު ލަވަތައް މުޖުތަމައަށް ގެނެސްދޭނެ ކަމަށާއި އަދިވެސް ކުރިއަށް ލަވަތައް އެބަހުރި ކަމަށް ހަމްޕު ބުންޏެވެ.

ޕަރޭޒް ބޭންޑް ގެ ޒުވާން ތިން މެނބަރުން
ރާޅުގަނޑުގެ ދަށުން ގިނަ ފަންނާނުން ތަކެއް މިއުޒިކް އަދި އާރޓްސްގެ ތެރެއަށް ނިކުންނަމުން އަންނަކަމަށް މުނިއަވަސް އަށް ހަމްޕް ބުންޏެވެ. އެގޮތުން ޕަރޭޒް އަކީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ދަށުން މިއުޒިކާއި އާރޓްސް ކުރިއެރުވުމަށް އުފެއްދި ބޭންޑެއް ކަމަށްވެސް ހަމްޕު ބުންޏެވެ.
ރާޅުގަނޑު ހިންގަމުން އަންނަތާ ކާމިޔާބު 9 އަހަރު މި އަހަރުގެ ސެޕްޓެމްބަރ މަހަށް ފުރޭނެކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!