ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޅެންވެރީންގެ ހަވީރުގެ ފަރާތުން “މާހަނދު ގުންޒަރު” ބާއްވަނީ

ޅެންވެރީންނާއި އަދީބުންނާއި ފަންނާނުންނާއި މުއައްޚިރުންނާއި ނޫސްވެރީންނަށް އަމާޒުކޮށްގެން ޅެންވެރީންގެ ހަވީރުގެ ފަރާތުން “މާހަނދު ގުންޒަރު”ގެ ނަމުގައި ޅެންވެރީންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

“މާހަނދު ގުންޒަރު” ބޭއްވުމަށް ނިންމާފައިވަނީ 1 އޯގަސްޓް 2023ވަނަ ދުވަހުގެ ރޭ 20:45 އިން 23:15އަށް އާޓިފިޝަލް ބީޗުގައެވެ.

“މާހަނދު ގުންޒަރު” މިއީ ޅެންވެރީންގެ ހަވީރުގެ އިސްނެގުމުގެމަތީން ޅެންވެރިންގެ ޝާޢިރުންގެ ވާދީއާއި ޅެންވެރީންގެ ދެ ވައިބަރ ގްރޫޕެއް ކަމުގައިވާ “ފުރިހަމަ ޚިޔާލް” އާއި “ޅެންވެރީންގެ ބަހާރު”ގުޅިގެން ބާއްވާ ހަރަކާތެކެވެ.

“މާހަނދު ގުންޒަރު”ގައި ޅެންވެރިކަމާއި ގުޅޭ ހަރަކާތްތަކެއްގެ އިތުރުން މުނިއަވަސްފިލުވައިދޭ ފަދަ ސަގާފީ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ.

“މާހަނދު ގުންޒަރު” މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެއްކަމުން ވީހާވެސް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެލެއްވުމަކީ މިކަން އިންތިޒާމްކުރާ ފަރާތްތަކުން އެދޭ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ހަނދޭ3 އަހަރު ކުރިން

މާހަނދޭ؟ އެއީ ކަލޫނޭ ކޮން އެއްޗެއް

Home
Menu
Search
Back to top