ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ލޯ މެރޭ’ – އަނެއްކާވެސް ރިއްފަތުގެ އާ ލަވައެއް!

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އާ ލަވަ ‘ލޯ މެރޭ’ ވީޑިއޯ އާއިއެކު މިމަހު 15 ގައި ނެރުމަށް ހަމަޖެހިފައިވާކަމަށް ރިއްފަތު ބުނެފި އެވެ.

ހިތްގައިމު ހިންދީ ރާގު ‘އޯ މެރޭ ދިލްކި ޗޭން’ އަށް ރިއްފަތު ކިޔާފައިވާ ‘ލޯ މެރޭ’ ލަވައިގެ ލިރިކްސް ހަދާފައިވަނީ އަޙްމަދު އިސްމާޢީލް އެވެ. ލަވައިގެ މިއުޒިކާއި މިކްސިން ހަދާފައިވަނީ ފަތޯ އެވެ. ވީޑިއޯ ލަވައިގައި ހަރަކާތްތެރިވަނީ ރިއްފަތުގެ އިތުރުން މަޝްހޫރު ބަޠަލާ ރިޝްފާ އެވެ.

ލަވައިގެ ވީޑިއޯ މަސައްކަތްތަކުގެ ތެރެއިން ޑައިރެކްޝަން ހެދީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. ދަބާ ގެ ކުޅަދާނަ ކެމެރާ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ޒިޔާ ގެ އެޑިޓިން އާއި އެކުގައެވެ.

ރިއްފަތު ޕްރޮޑިއުސް ކޮށްފައިވާ ‘ލޯ މެރޭ’ ލަވައިގެ ޕޯސްޓަރ ޓީޒާ އެއް އޭނާގެ ފޭސްބްކް ވޯލްގައި މިހާރުވަނީ ހިމަނާފަ އެވެ.

[KGVID]http://www.muniavas.com/wp-content/uploads/2018/03/video-1519847532.mp4[/KGVID] 

މުޙައްމަދު ރިއްފަތު ގެ އާ ވީޑިއޯ ލަވައެއް މިދިޔަ މަހު 4 ގައި ވެސް ވަނީ ރިލީޒްކޮށްފަ އެވެ. ޒުވާން ބަޠަލާ މަލީހާ (މަލް) އާއި ރިއްފަތު ފެނިގެންދާ ‘މިރޭ ހާދަ ޗާލޭ’ ލަވައިގެ ކެމެރާ ކޮށްފައި ވަނީ އަޙްމަދު ޒާހިރު އަދި ދަބާ އެވެ. ޑައިރެކްޓްކޮށްފައިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ ޒިޔާ އެވެ. ޕްރޮޑިއުސަރަކީ މުޙައްމަދު ރިއްފަތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top