އަންނަ ސެޕްޓެމްބަރު 07 ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލްކޮށްފައިވާ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ފިލްމު ”ޖަވާން“ގައި އޭނާ ފެނިގެންދާ ސިފަތަކުގެ ތެރެއިން ތަލަަކޮށް ހުންނަ ސިފަ ދައްކާލައި ޕޯސްޓަރެއް ރިލީޒްކޮށްފި އެވެ.
އާއްމުކޮށްފައިވާ ޕޯސްޓަރުން ފެންނަނީ ފިސްތޯލައެއް ހިފައިގެން ހުންނަ ޝާހްރުކް ޚާންއެވެ. ތަލަކޮށް ހުންނަ މި ސިފައިގެ އިތުރުން ފަހަތުން ފެންނަނީ ބޮލުގައި ބެންޑޭޖް އޮޅައިގެން ހުންނަ ސާހްރުކް ޚާން އެވެ.
”އަހަރެން ރަނގަޅަސް، ނުވަތަ ގޯހަސް…..30 ދުވަސްފަހުން އެކަން އެނގޭނެ. ތައްޔާރުތަ؟“ އިންސްޓަގްރާމަށް ޕޯސްޓަރު ދޫކޮށްލަމުން ޝާހް ލިޔެލާފައި އޮތެވެ. އުމުރުން 57 އަހަރުގެ ޝާހް ވަނީ މީގެ ކުރިން އާއްމުކޮށްފައިވާ މި ފިލްމުގެ ބައެއް މަންޒަރުތައްވެސް ހިއްސާކޮށްފައެވެ.
އެންމެ ފަހުގެ މަޢުލޫމާތުތައް ލިބޭގޮތުން މި ފިލްމު، އިންޑިއާގެ 300އަށް ވުރެން ގިނަ ސަރަހައްދުތަކުގައި އެއްފަހަރާ ދައްކަން ފަށާނެއެވެ. މީގެ އިތުރުން ދުނިޔޭގެ 60އަށް ވުރެން ގިނަ ޤައުމުތަކުގައިވެސް މި ފިލްމު ޕްރިމިއާކުރާނީ ހަމަ އެއް ވަގުތެއްގައެވެ. ފިލްމުގެ ހިންދީ ވާޝަންގެ އިތުރުން ތަމަޅަ އަދި ތެލުގޫ ވާޝަންވެސް ހަމަ އެދުވަހު ފެންނާނެ އެވެ.
ފިލްމު ”ޖަވާން“އަކީ ޝާހުގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސްކުރާ، ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެކެވެ.
ލީޑްރޯލުން ޝާހްރުކް ޚާން ފެންނަ ”ޖަވާން“އަކީ އިންޑިއާގެ ދެކުނު ސިނަމާގެ ފިލްމީ ތަރިންނާއެކު ޝާހު ފެންނަ ވަރުގަދަ އެކްޝަން ތްރިލާއެކެވެ. ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭގައި ބަތަލާ ނަޔަންތާރާ އަދި ވިޖޭ ސެތުޕަތީ ހިމެނެއެވެ.
ފިލްމުގެ ޚާއްސަ ފެނިލުންތަކުން އެކްޓަރު ސަންޖޭ ދަތު، އައްލޫ އަރުޖުން އަދި ބަތަލާ ދިޕިކާ ޕަދުކޯން ފެންނާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




