ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖޯކަރު” ޕްރިމިއަރ ޝޯގެ ހަތަރު ވީއައިޕީ ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު

05 ސެޕްޓެމްބަރު 2023ވަނަ ދުވަހުގެ ރޭ ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު“ޖޯކަރުު”ގެ ޕްރިމިއަރ ޝޯގެ 04 ވީއައިޕީ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަށައިފި އެވެ.

‘ގިވްއަވޭ އެލާޓް’ގެ ނަމުގައި ފަށާފައިވާ ޕްމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ފޭސްބުކް ނުވަތަ އިންސްޓަގްރާމް މެދުވެރިކޮށް “ޖޯކަރުު”ޕޭޖްގައި އާއްމުކޮށްފައިވާ ޕޯސްޓަށް ލައިކެއްދީ، ކޮމެންޓް ސެކްޝަންގައި 04 ނުވަތަ އެއަށްވުރެން ގިނަ މީހުންނަށް ޓެގްކޮށް އެ ޕޯސްޓް އާއްމުކޮށް ޝެއަރކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ކޮންމެ މީހަކަށްވެސް މި ބުނި ކަންކަން ކުރެވޭނީ އެއްފަހަރު ކަމަށްވެސް އެ ޕްމޯޝަންގައި ބުނެފައިވެ އެވެ.

މި ޕްމޯޝަންގެ ދަށުން ބުނެފައިވާ ކަންކަން ކުރުމަށް ދީފައިވާ ސުންގަޑި ހަމަވާނީ 03 ސެޕްޓެމްބަރު 2023ވަނަ ދުވަހުގެރޭ 23:59ގައެވެ.

މިއަހަރު ރިލީޒްކުރާނެ އެންމެ ވަރުގަދަ އެއް ކޮމެޑީ ފިލްމު“ޖޯކަރުު”ގެ ޓިކެޓް ވިއްކަން ފަށާނީ 30 އޯގަސްޓް ގައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިއަދު ބުނެފައިވެއެވެ.

ޖޯކަރުު”ގެ ޓިކެޓް އޮންލައިންކޮށް ބުކްކޮށްދޭން ފަށާފައިވާއިރު ފިލްމުގެ ޓިކެޓް ހޯދުމަށް 7458800އަށް ޓެކްސްޓެއް ކޮށްލައިގެން ނުވަތަ ގުޅައިގެން ބުކިން ހަދައިލެވޭނެ އެވެ.

މިއީ ޝައި ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯގެ އުފެއްދުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ގައްބަރު2 އަހަރު ކުރިން

ޝީލާއަށް މަގޭ ސަލާމް ބުނެދީބަލަ

އަބްލޯ2 އަހަރު ކުރިން

މަމެން ފެރީގަ މާލެ ދާން ޓިކެޓް ނުލިބޭނަމަ ހަތަރު ޓިކެޓް ހިލޭ ވިޔަސް ބޭކާރު

Home
Menu
Search
Back to top