ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް އަކީ ފިލްމު އިންޑަސްޓްރީގެ ލައިފްލައިން – މޮގާ

މުނިއަވަސް އާމެދު ދިވެހި ފަންނާނުން ދެކޭ ގޮތަކީ މުނިއަވަސް ހިންގުމުގެ މައިގަނޑު ހަކަތަ ލިއްބައިދޭ ހަމައެކަނި ބާރޭވެސް ބުނެވިދާނެ އެވެ. ވަކީން ޚާއްޞަކޮށް ދިވެހި ފިލްމީ ފަންނާނުންނާއި މިއުޒިކީ ފަންނާނުން، މުނިއަވަސްއާ މެދު ބާއްވާ ގާތްކަމަކީ މުނިއަވަސް ހިންގުމުގެ ހަކަތަވެސްމެ އެވެ.

މުނިއަވަސްއާ މެދު ފަންނާނުން ދެކޭ ގޮތް ގެނެސްދިނުމަށް ފަށާފައިވާ މި ސިލްސިލާގައި މިއަދު މި ގެނެސްދެނީ ރާއްޖޭގެ ފިލްމީ މަސައްކަތްތައް ޒަމާނީ ހަރުފަތަކަށް އުފުލައިލާ، ދިވެހި ފިލްމު އިންޑަސްޓްރީއަށް ޒުވާނުން ހިތްޖެއްސި އެއް ޕްރޮޑަކްޝަން ހައުސް ‘ޑާކް ރެއިން އެންޓަޓެއިންމެންޓް’ގެ މައި ތަނބު، ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ)ގެ ބަހެވެ.

މީގެ އިތުރުން ޑާކް ރެއިން އެންޓަޓެއިންމެންޓަށް 11 އަހަރު ފުރުމާ ގުޅިގެން މީގެ ފަސް އަހަރު ކުރިން ޓެލެވިޛަން މޯލްޑިވްސްގެ އެންމެ ޒަމާންވީ އެއް ޕްރޮގްރާމު، ‘ހެއްޔަންބޯ’ގެ ޚާއްޞަ މެހެމާނެއްގެ ސެގްމެންޓްގައި މުޙައްމަދު ޢަލީ (މޮގާ) އާއި ކޮށްފައިވާ އިންޓަވިއުއެއްވެސް ތާރީޚަށްޓަކައި ހިމަނައިލާފައި ވާނެ އެވެ.

“މުނިއަވަސް އަކީ ކުރުކޮށް ބުނާ ނަމަ، މި އިންޑަސްޓްރީގެ ލައިފްލައިން.

– މޮގާ

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ލިބިގެން ދިއުމަކީ ހަމަ ގައިމުވެސް މުނިއަވަސްއާ މެދު ޑާކް ރެއިން އެންޓަޓެއިންމެންޓުން އަދި ވަކީން ޚާއްޞަކޮށް މޮގާ ކުރާ އިތުބާރު ހާމަވެގެންދާ ކަމެކެވެ. ފިލްމު “ނޮވެމްބަރ” ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރު ހަތަރެއްގަ އެވެ.

“އަޅުގަނޑުމެން ތައްޔާރުކުރާ، ނުވަތަ ޕްލޭންކުރަމުންދާ މަސައްކަތްތައް ބެލުންތެރިންނަށް އުނިއިތުރެއް ނެތި އެންމެ ޞައްޙަކޮށް ގެނެސްދޭ ފަރާތް، މުނިއަވަސް އަކީ.

– މޮގާ

ފިލްމު “ނޮވެމްބަރު”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ހަވާލުކުރުމުގެ ތެރެއިން މުޙައްމަދު ޢަލީ (މޮގާ) އާއި މުނިއަވަސްގެ އެޑިޓަރ އަޙްމަދު ރަޝީދު – ފޮޓޯ: އަޙަމްދު ޝިނާން (ޑާކްރެއިން)

މުނިއަވަސްގެ މައިގަނޑު އަމާޒަކީވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު، އެންމެ ޞައްޙަކޮށް، އަދި އެންމެ އަވަަހަށް ގެނެސްދިނުމެވެ. ފަންނުވެރިން ހިއްސާކުރާ މަޢުލޫމާތުތަކަށް އެއްވެސް އުނިއިތުރުކަމެއް ނުހުންނަ ގޮތަށެވެ. އެ އަމާޒުގައި މަަސައްކަތްކުރަނީ އާޓިސްޓުންގެ އުފެއްދުންތަކާއި އާޓިސްޓުން ޕްރޮމޯޓްކުރުމަށެވެ.

“އަޅުގަނޑުމެންނަށް މަލާމާތްކޮށް، ނުވަތަ އާޓިކަލް ހިންގުމަށްޓަކައި ކްލިކް ބެއިޓް ނުހިމަނައި، އަޅުގަނޑުމެންގެ މަސައްކަތް ސެލެބްރޭޓްކޮށް އަގުވަޒަންކުރާ ފަރާތެއްގެ ގޮތުގަ ފާހަގަކުރަން.

– މޮގާ

މުނިއަވަސްއަށް އޮންލައިން ކިޔުމަށް ވެބްސައިޓަށް ވަންނަ މީހުންގެ އަދަދު ގިނަކުރުމުގެ ބޭނުމުގައި ދާއިރާގެ ފަންނާނުންނާއި ފަންނާނުންގެ އުފެއްދުންތަކަށް ނައްސި އަސަރެއް (ނެގެޓިވް އިމްޕެކްޓެއް) ކުރާނެ ލިޔުންތައް އުފައްދައި ޝާއިޢުކުރުން އެއީ މުނިއަވަސްގެ މައިގަނޑު އަސާސްތަކާ ޚިލާފު ކަމެކެވެ. އެހެންކަމުން، އިޝާރާތްކޮށްލެވުނު ފަދަ ‘ކްލިކް ބެއިޓް’ ޚަބަރު ލިޔުމަކީ މުނިއަވަސް ޓީމުގެ ޝައުޤުން ބޭރުގައިވާ ކަމެކެވެ.

“މި ދާއިރާ އެންމެ ދަށްވެ އަޑިއަޅާލައިގެން ދިޔަ ވަގުތުވެސް އަޅުގަނޑުމެންނާ އެއްކޮށް އޮތް ފަރާތެއްގެ ގޮތުގަ ފާހަގަކޮށްލަން.

– މޮގާ

ދިވެހި ފިލްމީ ދާއިރާ އެންމެ ހީނަރުވެގެން ދިޔައީ ކޮވިޑް-19ގެ ދުވަސްވަރު އެވެ. ފިލްމީ އަދި މިއުޒިކީ އެއްވެސް ޚަބަރެއް ލިބެން ނެތް އެ ދަނޑިވަޅުގައި އާއްމުން ހޭލުންތެރިކުރުމަށް އެންމެ ގިނަ ކުރު ފިލްމު، ހޭލުންތެރިކުރުވުމުގެ އިޝްތިހާރު (ޕީއެސްއޭ) ތައްޔާރުކުރި އެއް ޕްރޮޑަކް ހައުސްއަކީ ޑާކް ރެއިން އެންޓަޓެއިންމެންޓް ކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ އެ ދުވަސްވަރުވެސް މުނިއަވަސްއަށް ޚަބަރުތައް ފޯރުކޮށްދިނުމަކީ އެ ޕްރޮޑަކްޝަނުން އިސްކަންދީފައިވާ ކަމެއްކަންވެސް ފާހަގަކޮށްލަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ގަމު މީހާ2 އަހަރު ކުރިން

ނޮވެމްބަރ އަޅުވަން ވާނެ ލާމުގަވެސް ... ޕްލީޒް

ނުހައިކް2 އަހަރު ކުރިން

“މުނިއަވަސް އަކީ ކުރުކޮށް ބުނާ ނަމަ، މި އިންޑަސްޓްރީގެ ލައިފްލައިން.” - މިއީ ހަމަ ސަތޭކައިގެ ވާހަކައެއް

މެޓާ2 އަހަރު ކުރިން

މޮގާ ތީ މޭން އެކޭ

މާޖިދު2 އަހަރު ކުރިން

މުނިއަވަސް އަކީ އެންމެ ބެސްޓް އޮންލައިން. ޑީއާރްއީ އަކީ އެންމެ ބެސްޓް ޕްރޮޑަކްޝަން ހައުސް އިން މޯލްޑިވްސް

ނޫރާ2 އަހަރު ކުރިން

ރަނގަޅު ވާހަކައެއް. މުނިއަވަސް އިން ވަރަށް ބަރާބަރު

Home
Menu
Search
Back to top