ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ އެވެ.

މަސްއޫދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަސްއޫދު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުގަ އެވެ. ދާދި ފަހުން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ފަހު އެނބުރި އައި ފަހުން މަސްއޫދު އުޅުނީ ބަލިވެ ކަމަށް އާއިލާ އިން ބުނެ އެވެ.

އަޑުގެ ބޭންޑުން ވިދާލި މަސްއޫދަކީ ވަރަށް ރީތި ލަވަތަކެއް ކިޔާފައިވާ ހުނަރުވެރި ލަވަކިޔުންތެރި އެކެވެ. އަމިއްލަ ރާގުތައް ހަދާފައިވެއެވެ.

މަސްއޫދަށް ތިން ދަރިން ލިބުނެވެ. އޭގެ ތެރެއިން ލިލީތާ މަސްއޫދަކީ ވެސް ލަވަކިޔުންތެރި އެކެވެ. މަސްއޫދަކީ ޢަބްދުލް ހަންނާން މޫސާ ދީދީގެ ބޭބެ އެކެވެ.

މަސްއޫދުގެ އަނބިކަނބަލުންނަކީ މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލްގެ މަންމަ އަނީސާ އީސާ (ރާ އަނީސާ)އެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު މުޖުރާ ނެށުންތެރިންގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލެވޭ ނެށުންތެރިއެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާދީދީ އާއި އަނީސާ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ރަނިއްޔާ2 އަހަރު ކުރިން

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މަސްޢޫދުފެ ފަުރާނައަށް ހެޔޮރަހުމަތްލަވާ ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް ލައްވައި އާއިލާއަށް ކެއްތެރި ދެއްވާންދޭ ...... އާމީން

ރަޝާދު2 އަހަރު ކުރިން

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ އެކުވެރި ރަހުމަތްތެރި މައްސޫދު އަށް ހެޔޮރަހުމަތްލަވާ އާއިލާއަށް ކެއްތެރި ދެއްވާންދޭ ...... އާމީން

ޔެންޓޭ2 އަހަރު ކުރިން

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ އެކުވެރި ރަހުމަތްތެރި މައްސޫދު އަށް ހެޔޮރަހުމަތްލަވާ އާއިލާއަށް ކެއްތެރި ދެއްވާންދޭ ...... އާމީން

Home
Menu
Search
Back to top