ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެނެޓޮމޭޖް ޓޭބަލް – ސީޓީ ސްކޭން، އެމްއާރްއައި އަދި އެކްސްރޭ ތާރީޚްގެ ތެރެއަށް!

ހަށިގަނޑުގެ އެތެރެ ބަލައި، މެޑިކަލް ދިރާސާތަކާއި ޓެސްޓްތައް ކުރުމަށް ބޭނުންކުރާ ސީޓީ ސްކޭން، އެމްއާރްއައި އަދި އެކްސްރޭ ތާރީޚްގެ ތެރެއަށް ދިއުމާއިމެދު އެހާ ގިނަދުވަހެއް ނެތްކަމަށް ޤަބުޅުކުރުރެވޭ މިންވަރަށް ޓެކްނޮލޮޖީ މިވަނީ ކުރިއަރާފަ އެވެ. ‘އެނެޓޮމޭޖް ޓޭބަލް’ ގެ ނަމުގައި އުފައްދައި މިހާރު ބާޒާރަށް ނެރެފައިވާ މި މެޝިނުން އެކްސްރޭ، ސީޓީ ސްކޭން އަދި އެމްއާރްއައި އިން ކުރާ ހުރިހާ ކަމެއް، އެއަށްވުރެންވެސް އެޑްވާންސްކޮށް ވަގުތުން ބަލައިލެވެއެވެ.

މިއީ މިހައިތަނަށް އުފައްދާފައިވާ އެންމެ ކުރިއަރާފައިވާ އެނެޓޮމީ ވިޝުއަލައިޒޭޝަން ސިސްޓަމް ކަމަށް މަޢުލޫމާތު ލިބެއެވެ. މި މެޝިނަކީ އިންސާނުންނާއި ޖަނަވާރުންގެ އެތެރެހަށީގެ ބައިތައް ބަލައިލެވޭ ‘ވަރޗުއަލް ލައިބްރަރީ’ އަކަށް އަދި މެޑިކަލް ގޮތުން ހަށިގަނޑު ބެލުމަށް ސީޓީ، ސީބީސީޓީ ނުވަތަ އެމްއާއައި ސްކޭނެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ މެޝިނެކެވެ.

މި މެޝިނުގެ އެހީގައި މޭޒެއް މަތީގައި ހަށިގަނޑެއް ބައިވައިގެން އަތުން ފުރޮޅަމުން އެތެރެހަށީގެ ހަމަ ކޮންމެ ހިސާބެއް ވަކިވަކިން ތްރީ-ޑީ ކޮށް ހަމަލޮލުން ބަލައިލެވޭ ގޮތަށް ވަރޗުއަލްކޮށް ހަށިގަނޑު ބަލައިލެވެއެވެ. އެގޮތުން ކަށިތައް ވަކިން ބަލައިލުން، ހަންގަނޑު ނުލައި މަސްގަނޑާއިއެކު ހަށިގަނޑު ބެލުން ނުވަތަ މަހާއި ކައްޓާއި ނުލައި އެތެރެހަށީގެ ގުނަވަންތައް ވަކިވަކިންނާއި ގުނަވަންތަކުގެ ނިޒާމުތައް ވަކިން ބަލައިލެވެއެވެ.

މި މޭޒު މަސައްކަތްކުރާގޮތް މި ވީޑިއީގައި ކިޔައިދީފައި ވެއެވެ.

‘އެނެޓޮމޭޖް ޓޭބަލް’ ގެ އިތުރު މަޢުލޫމާތު އެނެޓޮމޭޖް ޑޮޓް ކޮމް އިން ލިބެން އެބަހުއްޓެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top