ޝައި ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފެއްދި ކޮމެޑީ ފިލްމު “ޖޯކަރު“ގެ ވަދާއީ ދެ ޝޯ މިމަހު 05 އަދި 06 އަށް ތާވަލުކޮށްފިއެވެ.
ފިލްމު “ޖޯކަރު“ގެ ޓިކެޓް ހޯދުމަށް 7458800 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.
ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.
ފިލްމު “ޖޯކަރު” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރީ ޝިވާޒް (މާސްކޭ) އެވެ.
@muniavas JOKARU Final Shows @EP @EupeOnline #contentcreators #fyp #foryoupage #dhivehi #maldives #muniavasnews #maldivestiktok #fvpviral #fvpシ #foryou #jokaru ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!