ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމުގެ މަސައްކަތް ފަށައިފި

އެންމެ ފުރަތަ އުފެއްދީ ސައިކޮލޮޖިކަލް ތްރިލާ “ބަވަތި” އެވެ. ތަފާތު ކަންތައްތަކެއް ފެނިގެންދިޔަ މި ފިލްމުން ދިވެހި ފިލްމީ ދާއިރާ ފަޚުރުވެރިވާ ފަދަ ޓެކްނިކްތަކެއް ދައްކައިލިއެވެ. އޭގެ ފަހުން ގެނެސްދިނީ އަންހެނުން ބާރުވެރިކުރުވާ ފިލްމު “ނީނާ” އެވެ. ދިވެހި ފިލްމެއްގައި މިހައިތަނަށް ދައްކައިލާފައި ނުވާ ފަދަ ކޮލިޓީ ފައިޓްތަކަކާއެކު އަނެއްކާވެސް މި ދާއިރާގެ ބެންޗްމާކް މަސައްކަތްތަކެއް މި ފިލްމުން ގެނެސްދިނެވެ.

ކޮލިޓީ ދެ ފީޗާ ފިލްމުގެ އިތުރުން ކޮލިޓީ ސީރީޒްތަކެއް ގެނެސްދިން ޓީމުން މިވަނީ ތިންވަނަ ފީޗާ ފިލްމެއްގެ މަސައްކަތް ފަށާފައެވެ. މީޑިއާއަށް އިތުރު މަޢުލޫމާތުތަކެއް ހިއްސާނުކުރިޔަސް ފިލްމުގެ ޝޫޓިންގެ ބައެއް ރަހަތައް އައިފިލްމްސްގެ މީސްމީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވެ އެވެ.

އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމުގެ އިތުރު ތަފުސީލުތައް މާލަސްތަކެއްނުވެ އިއުލާނު ކުރާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެެވެ.

އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމުގެ ވާހަކަތައް ދައްކާއިރު، އެމީހުންގެ ދެވަނަ ފީޗާ ފިލްމު “ނީނާ” ރަށްރަށުގައި އަޅުވަން ބޭނުން ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބައޮތެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމު ދައްކަން ބޭނުން ފަރާތްތަކުން 7242555 އަށް ގުޅައިގެން ކުރިއަށްދެވޭނެ ކަމަށް އައި ފިލްމްސް އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top