ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖިހާދުގެ މައިދާނުގައި ހުރެ މަންމައަށް ކުރި އަސަރުގަދަ ވީޑިއޯ ކޯލް

ފަލަސްޠީނުގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގައި ބައިވެރިވާ މުޖާހިދެއް، ހަނގުރާމައިގެ މައިދާނުން އޭނާގެ މަންމައަށް ކުރި މި އަސަރުގަދަ ވީޑިއޯކޯލު ފެނުމުން ހިތުގައި ޖެހޭނެއެވެ.

ހިނިތުންވެ ހުރެ، ނަމަވެސް ރޮވޭ ހާލުގައި މަންމައާ މުޚާޠަބުކޮށް ލޮބުވެތި، އަސަރުގަދަ ވާހަކަތަކެއް ދެއްކިއެވެ. މަންމައަށް އޮތް ލޯތްބާއި ކުލުނާއި ކިޔަމަންތެރިކަން އެންމެ ފަހު ވަގުތު ޖެހެން ގާތްވެފައި ވަނިކޮށްވެސް ރަނގަޅަށް ދައްކައެވެ. ހަނގުރާމައިން ގަދަވެ ސަލާމަތުން މަންމަގެ ގާތަށް އަނބުރާ ނުދެވޭނެ ވާހަކަވެސް ވަރަށް އަސަރާއެކު ރޮމުން، ހެމުން ބުނެއެވެ.

އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮއަށް ގޮވާލާފައި މަންމަ ބެލުމަށް ވަޞިއްޔަތްކުރެއެވެ.

ވީޑިއާ ބަލައިލާށެވެ. އެ ހިތްދަތިކަމާއި ބިރުވެރިކަން ހިތަށް ގެންނާށެވެ. ކޮންމެ ނަމާދެއްގައި ދުޢާކޮށްދޭށެވެ. ފަލަސްޠީނަށް ނަސްރު ދެއްވުމަށް އެދިއެވެ.

@muniavas Juhaadhuge Maidhaanuga hure Mamma ah kuri Asarugadha Video Call #muniavasnews #fvpシ #foryoupage #foryou #fvpviral #palestine ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top