‘އައި ފިލްމްސް’ ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” މީޑިއާނެޓްގެ ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެއެވެ.
ސައިކޮލިޖިކަލް ތްރިލާއެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމުގައި ލޯތްބާއި ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާއިރު، ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން މީހާއަށް ދިމާވާ އާދަޔާޚިލާފު ކަންތައްތަކެއް މި ފިލްމުން ދައްކައިދެއެވެ.
މި ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ފެންވަރު ރަނގަޅު ފިލްމުތަކުގެ ލިސްޓުގައި ގުނާލެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އޯކޭޒް އިން ކޮށްފައިވާއިރު، ފެންވަރު ރަނގަޅު ސްޕެޝަލް އިފެކްޓްތަކެއް ފެނިގެންދެއެވެ.
ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެ، ފިލްމު ޑައިރެކްޓްކުރީ ފިލްމު “ނީނާ” ވެސް ޑައިރެކްޓްކުރި އިލްޔާސް ވަހީދު އެވެ. ފިލްމު ކެމެރާކުރީ ވިޝާން (ކަނޑި) އެވެ. މިއުޒިކް ހަދާފައިވާ ވަނީ މިސްޓީ އެވެ.
”ބަވަތި“ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާއެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު އެވެ.
އޮލިމްޕަހާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ޝޯތަކެއް ދެއްކި ”ބަވަތި”ގެ ލީޑުން ފެންނަނީ އިފްނާޒް ފިރާގް އާއި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
ފިލްމު ”ބަވަތި“ގެ އިތުރުން އައިފިލްމްސްގެ “ނީނާ“ ވެސް މީޑިއާނެޓުން ބަލައިލެވޭނެއެވެ.
”ބަވަތި”ގެ އަދި “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި