މިއީ މަޝްހޫރު ހިންދީ ލަވަ ‘އެކް ޕިޔާރް ކަ ނަޣްމާ ހޭ’ގެ ދިވެހި ތަރުޖަމާއެކެވެ. ތަރުޖަމާކޮށްފައިވަނީ ކުރިން ދިޓީވީގައި މަސައްކަތްކުރެއްވި މުޙައްމަދު ޝާފިޢު އެވެ.
ތަރުޖަމާކޮށްފައިވާ ލެއް ހިތްގައިމުކަމުން ހިއްސާކޮށްލީމެވެ.
@muniavas Ek Pyar Ka Naqhma Hai – DhiMaana without the song #dhimaana #muniavasnews #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #muniavas #fyp ♬ original sound – MUNIAVAS
އެއީ ލޯބީގެ ޅެމެކެވެ. ވަގުތީ ނަމަވެސް އުފާވެރި ހިނދުކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ. ވަގުތީ ނަމަވެސް އުފާވެރި ހިނދުކޮޅެކެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ. ވަގުތީ ނަމަވެސް އުފާވެރި ހިނދުކޮޅެކެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ.
އަހަރެމެން އެއްކަމެއް ޙާޞިލުކުރުމައްޓަކައި އަނެއްކަމެއް ޤުރުބާން ކުރީމެވެ.
ދުނިޔެވީ މި ޙަޔާތުގައި އޮތީ އައުމާއި އެނބުރި ދިއުމެވެ.
މި ކުރު ޙަޔާތުން ދިގު އުމުރެއް ހޯދަން މަސައްކަތް ކުރީމެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ.
ތިބާއީ ކޯރެއްގައި ދެމޭ އޮއިވަރު ނަމަ، އަހަރެންނަކީ އޭގެ އައްސޭރިއެވެ.
ތިބާއީ އަހަރެންގެ ކައްތިރިއެވެ. އަދި އަހަރެން ހުރީ ތިބާގެ ކައްތިރިއަކަށެވެ.
މި ހިތުގެ އެދުންތައް ކަނޑުގެ ލޮނުގަނޑުހާ ގިނަގުނައެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ.
އެކިއެކި ތޫފާން ތަކާއި ދެޖިސްމު އެކުގައި ކުރިމަތިލީމެވެ.
ކޮޅިގަނޑުގައި ގުގުރާލުމަށްފަހު ހިނދުކޮޅަކުން އެކަންވެސް ފާއިތުވެގެންދިއައީއެވެ.
ނަމަވެސް އެ ނިޝާންތައް ފެންނާން ދޫކޮށްފައެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ. ވަގުތީ ނަމަވެސް އުފާވެރި ހިނދުކޮޅެކެވެ.
މިއީ ތިބާއާއި އަހަރެންގެ ދިރިއުޅުމުގެ ޙަޔާތުގެ ވާހަކައިން ތަންކޮޅެކެވެ.
އެއީ ލޯބީގެ ޅެމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި