ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބިބީ” ސްޕެއިން އަށް!

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި ދައްކަމުން އަންނަ ފިލްމު “ބިބީ”ގެ ޝޯއެއް ސްޕެއިންގައި ދެއްކުމަށް ނިންމައިފި އެވެ.

ފިލްމު “ބިބީ” މިމަހު 16 ވަނަ ދުވަހުގެ ރޭ 09:00ގައި ސްޕެއިންގެ ލޮގްރޯނިއޯ ގައި ދައްކާނެ ކަމަށް ޑާކް ރެއިން އިން މިއަދު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

“މާދަމާ ރޭ 09 ޖަހާއިރު ސްޕެއިންގެ ލޮގްރޯނިއޯގައި ދިވެހި ފިލްމު “ބިބީ” ބަލައިލާށެވެ.

— ޑާކް ރެއިން އެންޓަޓެއިންމެންޓް

މިއީ ދިވެހި ފިލްމެއް ސްޕެއިންގައި ފުރަތަމަ ފަހަރަށް ދައްކާ ފަހަރު ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު “ބިބީ”އަކީ ބެލުންތެރިން ބިރުގަންނުވައިލުވާއެކު ހެއްވާލާނެ ފިލްމެކެވެ. މިއީ މަޝްހޫރު އެކްޓަރު ޝަރަފު ޢަބްދުﷲގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

“ބިބީ”ގެ ކާސްޓަށް ބަލައިލާއިރު ފިލްމުގެ ލީޑުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި ޑާކް ރެއިންގެ އެންމެ ފޭވަރިޓް އެއް ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

https://www.facebook.com/reel/1082714160256168

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top