ޔޫޓިއުބް ގެ މައި އިދާރާ އަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެ ބަޑިޖެހުމުގެ ހާދިސާއެއް 03 އޭޕްރީލް ވީ އަންގާރަ ދުވަހު މެންދުރުފަހު ހިނގައިފި އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ބަޑި ޖެހުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.
މިފަދަ ހާދިސާ އެއް ހިނގައިގެން އުޅޭކަން ސެން ބްރޫނޯ ފުލުހުންނާއި ގޫގްލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޒުކަބަރގް ސޭން ފްރޭންސިސްކޯ ޖެނެރަލް ހޮސްޕިޓަލުގެ ތަރުޖަމާނެއް އެންބީސީ އަށް ބުނީ އެ ހާދިސާ އާއި ގުޅިގެން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ބައެއް މީހުން ގެނެސްފައިވާކަމަށެވެ. ސެން ބްރޫނޯ ފުހުންނާ ހަވާލަދީ ބައެއް މީޑިއާ ތަކުން ބުނީ 37 މީހުންނަށް ފަރުވާ ބޭނުންވާ ކަމަށެވެ.
ލޮސް އެންޖެލަސް ޓައިމްސް އިން ބުނީ މަދުވެގެން ދެ މީހެއްގެ ގަޔަށް ބަޑިޖަހާފައި ވާކަމަށެވެ.
އުތުރު ކެލިފޯނިޔާ ގެ ފުލުހުން ބުނީ ‘ހަތިޔާރު އަޅައިގެން ހުރި މީހަކު’ ޔޫޓިއުބް ގެ މައި އިދާރާ ކައިރީގައި ހަރަކާާތްތެރިވާތީ އެކަމާ ކުރިމަތިލައި މިހާރު ކޮންޓްރޯލް ކޮށްފައި ވާހަކަމަށެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯ ގެ ދެކުނުގައި އޮންނަ ސެން ބްރޫނޯ ގައި ހުންނަ ޔޫޓިއުބް ގެ މައި އިދާރާ ގެ ގޯތިތެރެއިން ބަޑީގެ އަޑު އިވިފައިވާކަމަށް ބީބީސީ ރިޕޯޓްތައް ބުނެއެވެ.
އެ ސަރަހައްދަށް އެމްބިއުލާންސް ގޮސްފައިވާ ކަމަށާއި އެ ސަރަހައްދާއި އާއްމުން ކައިރި ނުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާާފައެވެ.
ޔޫޓިއުބް ގެ ވެރިފަރާތް ކަމަށްވާ ގޫގްލް އިން ބުނީ ބަޑިޖެހުމުގެ ހާދިސާއެއް ކަމަށް ބެލެވޭ ކަމެއް ބަލަމުން އަންނަ ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔޫޓިއުބްގެ މައި އިދާރާ ކައިރީގައި ބަޑިޖަހާފައިވަނީ އަންހެނެއް ކަމަށެވެ.

ޔޫޓިއުބް އިދާރާ ގެ މުވައްޒަފުން އިމާރާތުން ނެރެނީ
ޔޫޓިއުބްގެ މައި އިދާރާގައި 1700 މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެއެވެ. ގޫގްލް އިން ބުނީ ކަމާބެހޭ ފަރާތްތަކާާއި ގުޅިގެން އެ ހާދިސާ ބަލަމުން އަންނަ ކަމަށާއި ތަފްސީލް ލިބުނުހާ އަވަހަކަށް މީޑިއާތަކަށް އާއްމުކުރާނެ ކަމަށެވެ.
ޔޫޓިއުބްގެ މުވައްޒަފެއް ކަމަށްވާ ޓޮޑް ޝަރމަން ޓްވީޓެއްގައި ބުނީ އިމާރާތުގެ ތެރޭގައި ތިބި މީހުން ބިރުން ފިލައިފި ކަމަށެވެ.
We were sitting in a meeting and then we heard people running because it was rumbling the floor. First thought was earthquake. https://t.co/gmolQmRXm1
— Todd Sherman (@tdd) April 3, 2018
އެހެން މުވައްޒަފެއް ކަމަށްވާ ވެޑިލް ލަވުރުސްކީ ޓްވީޓަކުން ބުނީ އެހެން މުވައްޒަފުން ތަކަކާއި އެކު އޭނާ ކޮޓަރިއެއްގެ ތެރޭގައި ބެރިކޭޑް ކޮށްފައި ވާކަމަށެވެ. އޭނާ ފަހުން ދޫކޮށްލި ކަމަށްވެސް ބުނެފައި ވެއެވެ.
Active shooter at YouTube HQ. Heard shots and saw people running while at my desk. Now barricaded inside a room with coworkers.
— Vadim Lavrusik (@Lavrusik) April 3, 2018
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް