ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބެންގަލޫރުގައި ބާއްވާ ކުރު ފިލްމު މަހާސަމާއަކަށް ދިވެހި ފިލްމު ހުށައެޅުމުގެ ފުރުޞަތު

އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ބައިނަލްއަޤްވާމީ ކުރު ފިލްމު މަހާސަމާއެއްގައި ދިވެހި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު، މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިވެ ހުޅުވާލައިފިއެވެ.

“ސެވަންތު އިންޓަނޭޝަނަލް ޝޯރޓް ފިލްމު ފެސްޓިވަލް ބެންގަލޫރު 2025 (އައިއެސްއެފްއެސްބީ)”ގައި ދިވެހި ކުރު ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކަށް ލިބިފައިވާ ކަމަށް އެމްއެސްޕީއޭ އިން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.

މި މަހާސަމާއަށް ފިލްމު ހުށައެޅުމަށް ދީފައިވާ ސުންގަޑިއަކީ 05 ޖޫން 2025 އެވެ. ހުށައަޅާ ފިލްމުގެ ދިގުމިނުގައި އެންމެ ގިނަވެގެން ހުންނަން ޖެހޭނީ 60 މިނެޓެވެ. ހުށައެޅޭނީ 01 ޖެނުއަރީ 2023ގެ ފަހުން އުފައްދާފައިވާ ފިލްމުތައް ކަމަށާ ހުރިހައި ފިލްމެއްވެސް ހުންނަން ޖެހޭނީ އިނގިރޭސިބަހުން ސަބްޓައިޓްލްކޮށްފައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. މި ފެސްޓިވަލުގައި އެމްއެސްޕީއޭ މެދުވެރިކޮށް ހުށައެޅުމަށް ލިބިފައިވަނީ 5 ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މި މަހާސަމާއަށް ފިލްމު ހުށައެޅުމަށް އާއްމުކޮށްފައިވާ އިޢުލާނު ތިރީގައި އެވަނީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top