ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ ޅެން ފޮތް “ބަނަފުސާ”ގައި ހިމެނޭ ބައެއް ޅެންތަކަށް އިބްރާހީމް ޒައިދް ޢަލީ (ކުޑަ) އިއްބެގެ ’ޓޮނިކް ލައިވް ސްޓޫޑިއޯ’އިން ތައްޔާރުކޮށްފައިވާ ލަވަ އަލްބަމް ”އަރާއިރު“ ސައުންޑްކްލައުޑަށް ދޫކޮށްލައިފިއެވެ. މި އަލްބަމްގައި ހިމެނޭ ހުރިހައި ލަވަތަކަކީވެސް އަމިއްލަ ރާގުގެ ހިތްގައިމު ލަވަތަކެއްކަން ފާހަގަކޮށްލެވެއެވެ.
ޢަބްދުއްރަޙީމްގެ ޅެންވެރިކަން ހިމެނޭ މި ލަވަތަކަށް އަމިއްލަ ރާގަށް މިއުޒިކް ތައްޔާރުކޮށްފައިވަނީ ކުޑަ އިއްބެއެވެ. ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެގެ އިތުރުން މުޙައްމަދު ޢަބްދުލްގަނީ (ތޭރަ) އަދި ޖޫނީ އެވެ. އިތުރު ބައެއް ލަވަކިޔުންތެރިންގެ އަޑުވެސް މި އަލްބަމުން އިވިގެންދެއެވެ.
މި އަލްބަމުގެ ލަވަތަކުގެ މިއުޒިކާއި ރާގަކީ އަހައިލަން ފަސޭހަ، ދިވެހީންގެ ކަންފަތްތަކާއި ރައްޓެހި އަޑުތަކެއްކަން ފާހަގަކޮށްލެވެއެވެ. މި ލަވަތަކުން ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި އެންމެ ބޮޑަށް އަޅައިގަންނަ އެއް ލަވައަކީ ދިވެހިންގެ މެދުގައި މަޤްބޫލު ލަނގިރިއަށް ބޭނުންކުރާ ފީލްގެ ލަވައެއް ކަމަށްވާ ”ދާނެޔޭ މިއަދު އިނގޭ“ ލަވައެވެ. މިއީ ”ބަނަފުސާ“ ޅެންފޮތުގައި ހިމެނޭ ޚާއްޞަ ޅެންތަކުގެ ތެރެއިން ”ދުނިޔޭގެ ސުންނަތް“ ޅެމުން ތައްޔާރުކޮށްފައިވާ ލަވައެކެވެ. މި ލަވައިގެ ޅެމުގައި އެ ކިޔައިދޭ ވާހަކަތައް ވިސްނުންތެރިކަމާއެކު އަޑުއަހައިލުމުން ގިނަގުނަ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ.
މި ލިންކުން ލަވަތައް އަޑުއަހައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




