މިދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި މާ ބާރަށް ލިލީގެ ވާހަކަ އެބަ ދެކެވެއެވެ. ލިލީ ލިބިއްޖޭ އެކަކު ޕޯސްޓް ކުރާއިރު ލިލީ ނުލިބިގެން ބައެއް މީހުން ޕޯސްޓްތައް އެބަ ކުރެއެވެ.
ބައިވަރު ލިލީތަކަކާއިއެކު އެންމެ ފުރަތަމަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރީ ބަތަލާ އައިޝާ އަލީ އެވެ. ބެލެވޭ ގޮތުގައި މި ދައްކާ “ލިލީ ކެމްޕެއިން” ފެށުނީ މިހާ ހިސާބުންނެވެ. އެއާއެކު އެތައް ބަޔަކު ލިލީ ލިބިގެން އޭގެ ފޮޓޯތައް އާންމު ކުރަން ފަށައިފި އެވެ. ލިލީއާއެކު ފޮޓޯތައް ޕޯސްޓު ކުރަން ފެށީ ކްރިއޭޓިވް ނެޓްވޯކް ނަމަކަށް ކިޔާ ޕްރޮޑަކްޝަން ހައުސް އަކުންނެވެ. ލިލީ ބެހުމުުގައި އައިޝާގެ އިތުރުން ފިލްމީ ތަރިން ކަަމަށްވާ، ޝާރިފް، އިޝްފާން ހަރަކާތްތެރިވާތަން ފެނެއެވެ.
ލިލީގެ ފަަހުން މިއަދު މާ ގަދަވެގެން އުޅޭ ވާހަކައަކީ 14:17 އެވެ. އެންމެންގެ އިންސްޓްގްރާމް އަދި ފޭސްބުކް ނޯޓްގައި ޖަހާފައި ވަނީ މިހެނެވެ. ވާން އުޅޭ ގޮތެއް ސާފެއް ނޫނެވެ. ބުނަނީ ލިލީގެ ސިއްރު އެނގޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި 14:17 އަކީ މާދަމާ މެންދުރުފަހު 14:17 އެވެ.

ކްރިއޭޓިވް ނެޓްވޯކުން އާއްމުކޮށްފައިވާ 1417 އަދި ލިލީމަލުގެ ގުޅުން ދައްކައިދޭ ފޮޓޯ
މިއީ ބެލެވޭ ގޮތުގައި ކެމްޕެއިނެކެވެ. ކްރިއޭޓިވް ނެޓްވޯކުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފީޗާ ފިލްމެއްގެ ފަސްޓް ލުކް އާންމު ކުރި އެވެ. އެހެންކަމުން މިއީ މި ފިލްމާއި ގުޅުންހުރި ކެމްޕެއިނަކަށް ވުން ވަރަށް ގާތެވެ.
މި ކެމްޕެއިންގެ އިތުރު އެއްވެސް ތަފްސީލެއް އަދި އާންމެއް ނުކުރެ އެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެގެން މިއުޅޭ ގޮތެއް އެނގިދާނެތާ އެވެ.
މިހާރު ކްރިއޭޓިވް ނެޓްވޯކުން ދަނީ ސޯޝަލް މީޑިއާގައި ލިލީ ބޭނުންވެގެން ކޮމެންޓު ކުރާ މީހުންނަށާއި، ސްޓެޓަސް ޖަހާ މީހުންނަށްވެސް ލިލީ ބަހަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ލައިނާ އަކީ އިވެންޓް ކަވަރޭޖްތަކަށް ޚާއްޞަ ނޫސްވެރިއެކެވެ. ލައިނާއަކީ ދޫހެލޭ، އެހުންތެރިންނާ ގުޅިގެން ޕްރޮގްރާމުތައް ކުރިއަށްގެންދާ ކުޅަދާނަ ޕްރެޒެންޓަރެކެވެ.




