އިންޑިޔާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވް ”ބިގްބޮސް 19“ މި މިމަހުގެ 24 ގައި (މިރޭ) ފަށާނެއެވެ. ”ބިގްބޮސް“ ގެ ހިންދީ ވަރޝަން މިހާ މަގުބޫލު ޝޯވް އަކަށް ވަނީ، މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ހުށަހަޅާދޭތީ އެވެ.
މިފަހަރުވެސް ބިގްބޮސްގެ ގެ ފަރުމާކޮށްދީފައިވަނީ އޮމަންގް ކުމާރްއެވެ. މިފަހަރު ބިގްބޮސް19ގެ ގޭގެ އެތެރެ ޒީނަތްތެރިކޮަށްފައިވަނީ ޕޮލިޓިކަލް ސްޓައިލަކަށެވެ. ބިގްބޮސް 19ގެ މިފަހަރުގެ ތީމް އަކީ ”ގަރްވާލޯކީ ސަރްކާރް“އެވެ. މިގޮތުން މިފަހަރުގެ ގޭމްތައް ކުޅޭނީ، ވެރިކަން ކުރާ މީހުނާ، އިދިކޮޅު މީހުންގެ ގޮތުގައި ބައި ބަހައިގެނެވެ. ބަހުސް ސްޓައިލަށް ގިނަ ގޭމުތައް ރާވާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އެހެން ފަަހަރު ތަކާ ހިލާފަށް، ބިގްބޮސްގެ ގެއަށް ގެނައުމަށް ބެލުންތެރިން ބޭނުންވާ ތަރިއެއް ހޮވުމަށް ވޯޓަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން 2 ބައިވެރިން ކަމަށް ވާ ”މްރިދުލް ތިވާރީ“ އަދި ”ޝެހެބާޒް ބަދޭޝާ“އަށް ފުރުސަތުދީފައި ވާއިރު، ބެލުންތެރިންގެ އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ބިގްބޮސްގެ ގެއަށް ވަންނަން ފުރުސަތު ލިބޭނެއެވެ.
ބިގްބޮސް 19 ގެ ބައިވެރިންގެ ގޮތުގައި ޕްރިމިއަރ ގައި ގެއަށް ވަންނަ ތަރިންނަކީ:
1. ގޯރަވް ކަންނާ (އެކްޓަރ).
2. އަޝްނޫރު ކޯރް (އެކްޓްރެސް).
3. އާވެޒް ދަރްބާރް (ކޮރެއޮގްރަފަރ).
4. ނަގްމާ މިރާޖްކަރ. (މުމްބައި ފެޝަން އިންފްލުއެންޒާ).
5. ބަޝީރް އަލީ (ރިއަލިޓީ ޓީވީ ޝޯވް އެކްޓަރ)
6. ޕްރަނީތް ކޯރ (ކޮމީޑިއަން، އަދި އާރް.ޖޭ).
7. ކުނިކާ ސަދަނަންދް (ބޮލީވުޑް ވެޓަރަންސް އެކްޓްރެސް).
8. އަމާލް މާލިކް (މިއުސިކް ކޮމްޕޯސަރ، ލަވަކިޔުންތެރިޔާ، ލިރިކްސް ރައިޓަރ އަދި ޕްރޮޑިއުސަރ)
9. ޒެޝާންކޮދްރީ (ޑައިރެކްޓަރ، ރައިޓަރ، ޕްރޮޑިއުސަރ، އެކްޓަރ).
10. އަބިޝެކް ބަޖާޖް (އިންޑިއަން އެކްޓަރ، މޮޑެލް)
11. ތަންޔާ މިއްތަލް (އެންޓަރޕްރެނަރ، މޮޑެލް އިިންފްލުއެންޒާ)
12. ނީލަމް ގިރީ (ބޯޖްޕޫރީ އެކްޓްރެސް).
13. މްރިޑުލް ޓިވާރީ (ޔޫޓިއުބަރ، ކޮމީޑިއަން، އެކްޓަރ)
14. ޕާޔަލް ދާރޭ (އިންޑިޔާގެ އެންމެ މަގުބޫލު އަންހެން ގޭމަރ)
15. ވާބިސް ދޮަރާބްޖީ (އެކްޓްރެސް، މޮޑެލް)
16. ޑީރާޖް ދޫޕަރ (އެކްޓަރ).
17. ޝެހެބާޒް ބަދޭސީ (ޕަންޖާބީ ފިޓްނަސް އިންފްލުއެންޒާ)
18.މައިކް ޓައިސަން (ރެސްލަރ، ވައިލްޑް ކާޑް އެންޓްރީ)
ބިގްބޮސް19 ޕްރިމިއަރ ދެއްކުމަށް ހަމަޖެހިފައިވަނީ ޖިއޯސިނަމާއިން ރޭގަނޑު 9:30ގައި އަދި ކަލާސް ޓީވީން ރޭގަނޑު 10:30ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




