މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު ޑައިރެކްޓްކޮށް، މުޙައްމަދު ޢަބްދުالله (މުހައްމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް އުފައްދާ ފިލްމު “އިލްޒާމް”ގެ ފުރަތަމަ ދައްކައިލުމުން އެތަކެއް ތަދާއި ވޭނީ އަސަރުން ފުރިގެންވާ މަންޒަރުތަކެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މިއަދު އާއްމުކޮށްފައިވާ ފަސްޓްލުކް ވީޑިއޯއިން ފިލްމުގެ މައިގަނޑު ތަރިންތައް ފެނިގެންދެއެވެ. އެގޮތުން ޔޫއްޕެ، އާމިރާ އިސްމާޢީލް، އަޙްމަދު ނިމާލް، ފައިސަލް، ޖުމައްޔިލް ނިމާލް، ޝިފާ، ޝަކީލާ، މުޙައްމަދު ރަޝީދު (ދަރާ)، އަޙްމަދު ސަޢީދު، ލައިޝާ، ޝަހީދާ އަދި ތުއްތު އާޓިސްޓެއްކަމަށްވާ ‘ގޮމަ’ ފެނިގެންދެއެވެ.
@muniavas Film “ilzaam” first look @eupeofficial @DhivehiScreen @Ami🌺🇲🇻 ♬ original sound – MUNIAVAS
މި ފިލްމާމެދު ފިލްމުގެ އިސް މޭސްތިރި ޔޫއްޕެ ބުނީ މިއީ ވަރަށް ބޮޑު އުއްމީދެއް ކުރެވޭ ފިލްމެއް ކަމަށެވެ.
“މިއީ ވަރަށް ބޮޑު އުއްމީދެއް ކުރެވޭ ފިލްމެއް. ބެލުންތެރިންނާ ހަމައަށް މި ފިލްމް ގެނެސްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާނެ!“
* ޔޫސުފް ޝަފީޢު (ޔޫއްޕެ)
މި ފިލްމާމެދު ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަބްދުﷲ ކުރާ އުއްމީދުތައް ވަރަށްވެސް ފޮންޏެވެ. އެގޮތުން މި ފިލްމުގެ ޕޯސްޓަރު އާއްމުކުރުމަށް ބޭއްވި އިވެންޓްގައި ފިލްމާމެދު ކުރެވޭ އުއްމީދު ހާމަކޮށްފައިވެއެވެ.
“މިއީ މިހާތަނަށް ފެންނާނެ، ޔޫއްޕެގެ އެންމެ ކާމިޔާބު މަސައްކަތް!“
* މުޙައްމަދު ޢަބްދުﷲ (މުހައްމާ)
ފިލްމް “އިލްޒާމް”ގެ ވާހަކަ ބިނާކޮށްފައިވަނީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ އަދި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކުން ޚިޔާލު ނަގައި، އެކަންކަމުން ބެލުންތެރިންނަށް ހެޔޮ ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދު ޙާސިލުކުރުމަށް ވިސްނާފައެވެ.
މި ފިލްމުން ނަފްރަތާއި ހަސަދަ، ލޯތްބާއި ހިތާމަ، އެކުވެރިމަކާއި ދެކޮޅުވެރިކަން، އާއިލީ ހަސަދައާއި ފިތުނަ، ދަރިންނާއި މައިންފައިންގެ ގުޅުން ފެނިގެންދާނެ އެވެ.
ފިލްމު “އިލްޒާމް” އެޅުވުމަށް އަމާޒުހިފައިވަނީ 20 އޮކްޓޯބަރ 2025 ގައެވެ.
