ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި

ސްރީލަންކާގައި ހުންނަ ސޯސަންވިލާގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ (އެމް.ސީ.ސީ)ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 2024-2025 ގްރޭޑް10 ނިންމައި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.

2025 އޮކްޓޫބަރު 11ވަނަ ދުވަހު ބޭއްވި މި ހަފްލާގައި ދަސްވެނިވެފައި ވަނީ 16 ދަރިވަރުންނެވެ. މި ޚާއްސަ ހަފްލާގައި މި ކުދިންނަށް ސެންޓަރުގެ ފަރާތުން މަރްހަބާ ކިޔާފައިވަނީ މަލުގެ ދަސްތާތަކުންނާއި ބޮޑުބެރުގެ ކުޅިވަރުންނެވެ. އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވި މި 16 ދަރިވަރުން ވަނީ ދިވެހި މާއްދާއިން 100 އިންސައްތަ ފާސް ވެފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރު ދަސްވެނިވުން ބާއްވާފައި ވަނީ ދިވެހި ހައިކޮމިޝަނުގައެވެ. މި ހަފްލާގައި ނިމިދިޔަ އަހަރު ގްރޭޑް 10ގެ އިމްތިހާނުން ދިވެހި، އިސްލާމް މާއްދާއިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ދީފައިވެއެވެ.

ސޯސަންވިލާގައި ޚިދުމަތް ދެމުންގެންދާތާ 10 އަހަރު ވެފައި ވާތީ ދުވަހުގެ ޚާއްސަ ރިޕޯޓެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން އެސް.އެސް.ސީ އިމްތިހާނުން މަތީ ފާސް ލިބުނު ކުދިންނަށް ހަނދާނީ ސެޓްފިކެޓާއި ޓްރޮފީ ދީފައިވެއެވެ.

@muniavas Lanka gai SSC hedhi Dharivarunge Dhavenivun Baavvaaifi ލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި Video Report made for the Maldives Cultural Centre in Sri Lanka #MCC_Lanka #sscexam2025 #lanka ♬ original sound – MUNIAVAS

މި ޚާއްސަ ހަފްލާގައި ދަސްވެނިވެފައިވާ ދަރިވަރުންގެ ތެރެއިން އަންހެން، ފިރިހެން ވަކިން ލަވައެއް ހުށަހަޅާދީފައިވެއެވެ. ދުވަހާއި ގުޅިގެން ޝަރަފްވެރި މެހެމާނާއި އެމް.ސީ.ސީގެ އެކެޑަމިކް ހެޑްގެ ވާހަކަދެއްކުމުގެ އިތުރުން ނިމިދިޔަ އަހަރު އެސް.އެސް.ސީ އިމްތިހާނުން މަތީ ފާސް ލިބިފައިވާ ދަރިވަރު ވާހަކަ ދައްކާފައިވެއެވެ.

ދުވަހުގެ ޝަރަފްވެެރި މެހެމާނަކީ މިނިސްޓަރ ކައުންސިލް ޙަލީމަތު ޝިޒްނާއެވެ. ހަފްލާ ނިންމާލީ ދުވަހާ ގުޅުވައި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ހަދިޔާކޮށްފައިވާ ކޭކު ފެޅުމާއެކުއެވެ.

@muniavas

Lanka gai SSC hedhi Dharivarunge Dhavenivun Baavvaaifi

♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top