ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރު ޑިސެމްބަރު 01 ވަނަ ދުވަހުގެ ރޭ އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގެ ޓިކެޓް މިމަހުގެ 06 ވަނަ ދުވަހު އޮލިމްޕަހުން ވިއްކަން ފަށާނެއެވެ. އެ ޕްރޮޑަކްޝަނުން ބުނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




