ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލިލީ” އޮލިމްޕަހުގައި އަޅުވަނީ 10 ދުވަހު! ޓިކެޓު ނުނަގައި ތިއްބާ ހުސްވެދާނެ!

ހިންނަވަރަށް މަޝްހޫރުކަމަށް އޭރު ބުނަމުން އައި “ލިލީ”ގެ މަޝްހޫރުކަން މުޅި ރާއްޖެއަަށް ފެތުރިފައިވާއިރު، ފިލްމު “ލިލީ” އަޅުވަން މިވަނީ އެންމެ ދެ ދުވަހަށް ވެފައެވެ. ނޮވެމްބަރު 20ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ މި ފިލްމު އޮލިމްޕަހުން ބަލައިލެވޭނީ މިމަހު 30ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ފިލްމުގެ ޓިކެޓް ނުނަގައި ތިއްބާ ޓިކެޓް ހުސްވެދާނެ ކަމަށް ‘ކްރިއޭޓިވް ނެޓްވޯރކް’ގެ ޓީމުން މިވަނީ ބުނެފައެވެ.

@muniavas MUNIAVAS ge Paranormal Investigation Team ge Ivestigation Officer Ivrisha Shafeeq ah mi vane LILI Evidence Box eh Libifa. Mi case Hallukurumah Eynaage Masakkaiythah mi vane Fashaafa @creativenetworkmv #lily #film #premiere @aichaali4 @mamma.maldives #fypageシ #fypシ゚ ♬ original sound – MUNIAVAS

ފިލްމު “ލިލީ” ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ހަމަޖެހިފައިވެއެވެ. ރަށް ރަށުންވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މަޢުލޫމާތުލިބެއެވެ.

މި ފިލްމާމެދު ބެލުންތެރިންގެ ހިތުގައި އުފެދިފައި ހުރެދާނެ ބައެއް ސުވާލުތަކަށް ޖަވާބު ލިބޭ ޕްރޮމޯ ވީޑިއޯއެއް ކްރިއޭޓިވް ނެޓްވޯކްގެ މީސް މީޑިއާ މަންސަތައް މެދުވެރިކޮށް ދޫކޮށްލާފައިވެއެވެ. އެގޮތުން މި ފިލްމުގެ ލީޑް އައިޝާ ކުޅެފައިވަނީ ފިލްމު “ގަންގޫ ބައި” ގައި އާލިޔާ ކުޅެފައިވާ ރޯލުކަމަށް ބައެއް މީހުން ބުނަމުން އަންނަ ވާހަކަތަކަށް ފިލްމު ލިޔެ ޑައިރެކްކުރި އަޒްހާން އިބްރާހީމް ވަނީ ޖަވާބުދީފައެވެ.

ޓިކެޓު ބުކް ކުރުމަށް 7505079އަށް ވައިބާ ކުރުމަށް ލިލީ ޓީމުން އެދެވެ.

ކްރިއޭޓިވް ނެޓްވޯކު ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސްކުރާ ލިލީގެ މަންޒަރުތައް ނަގައިދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މޭކަޕްތައް ކޮށްދީފައިވަނީ ޖަސްޓިން އެވެ. ފިލްމުގެ ބެކްސްކޯގެ މަސައްކަތް ކުރަނީ ފަތުހުالله ޝަކީލް އެވެ.

ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ ހަގީގީ ހާދިސާތަކުގެ ތެރެއަށް ޚިޔާލީ ކަންތައްތަކެެއްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި އަސްލު ހާދިސާތަކުގެ އަސްލު ނުގެއްލޭނެހެން މީހުންގެ ނަންތަކާއި ރަށުގެ ނަންވެސް ބަދަލުކޮށްފައި ވާނެކަމަށް އަޒްހާން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top