ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕަރީ” ގެ ޕޯސްޓަރ ޗެލެންޖުން އެއްވަނަ ޓޯއި އަށް!

ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ ޗެލެންޖުން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި އެވެ. މި ޗެލެންޖުން އެއްވަނަ ހޯދި މުހައްމަދު ނަބީލް ނިޔާޒު (ޓޯއި) އަށް ފާއިސާގެ އިނާމް ހަވާލުކޮށްދީފައިވަނީ، ޕަރީ ޓީމުގެ ފަރާތުން މިފިމްލުގެ އެއް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ޕަރީގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ މޮޅު ފަސް ޕޯސްޓަރު ހޮވާ، އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާފައިވަނީ އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓަރަށެވެ.

ފިލްމު ”ޕަރީ“ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top