ކަލާޒް ޓީވީގެ މަޝްހޫރު ސުޕަނެޗުރަލް ޑްރާމާ ސިލްސިލާ ”ނާގިން“ ގެ 7 ވަނަ ސީޒަން ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
ދެ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ”ނާގިން“ ސަޕޯޓަރުންނާ ބައްދަލު ކުރާއިރު މިފަހަރުގެ ”ނާގިން“ އަކީ ޕްރިޔަންކާ ޗަހަރް ޗޯދަރީއެވެ. ޕްރިޔަންކާގެ އިތުރުން ”ނާގިން 7“ ގައި ނަމިކް ޕޯލް، އީޝާ ސިންގް އަދި ކަރަން ކުންދްރާ ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
މިފަހަރުގެ ސީޒަންގައި ދައްކުވައިދޭނީ ޑްރެގަންތަކެއްގެ އަތްދަށުން ޤައުމު ސަލާމަތްކުރަން ”ނާގިން“ ކުރާ މަސައްކަތްތަކެވެ. ވަރުގަދަ ވިޝުއަލް އިފެކްޓްސްތަކެއް ބޭނުންކުރާ ”ނާގިން“ ގެ ކުރީގެ ސީޒަންތަކާ ޚިލާފަށް މިފަހަރުގެ ސީޒަންގައި ބޭނުންކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ކަމަށް ޚަބަރުތައް ބުނެއެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ކަލާޒް ޓީވީއިން ދައްކަން ފަށާ ”ނާގިން 7“ ގެ އެޕިސޯޑްތައް ދައްކާނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގައެވެ.
އެކްތާ ކަޕޫރާއި ޝޯބާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކުރާ ”ނާގިން“ ފްރެންޗައިޒްގެ ކާމިޔާބު 6 ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާއިރު ޖުމްލަ 490 އެޕިސޯޑެއް ގެނެސްދީފައިވެއެވެ. އެކްތާގެ ”ނާގިން“ އިން ފެނިފައިވާ މަޝްހޫރު މޫނުތަކުގެ ތެރޭގައި މޯނީ ރޯއީ، އަރްޖުން ބިޖްލާނީ، އަދާ ޚާން، ކަރަންވީރް ބޮހްރާ، ސުދާ ޗަންދްރަން، ސުރްބީ ޖިޔޯތީ، ޕާރލް ވީ ޕޫރީ، އަނީތާ ހަސަނަންދާނީ، ނިއާ ޝަރްމާ، ވިޖޭންދްރަ ކުމޭރިއާ، ޖާސްމިން ބަސިން، ރަޝްމީ ދޭސާއީ، ޖިޔޯތީ ޗަންދްނާ، ޝަރަދް މަލޯޓްރާ، މޯހިތު ސެހެގަލް، ތޭޖަސްވީ ޕްރަކާޝް، ސިމްބާ ނާގްޕާލް، މެހެކް ޗާހަލް، ޕްރަތީކް ސެހަޖްޕާލް، ޝްރޭ މިއްތަލް އަދި ވަޓްސަލް ޝޭތުގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




