ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެނގޭތަ؟ “ވޯންޓެޑް” ގެ ބަތަލާއަށް ސަލްމާން ބޭނުންވީ އަޔޭޝާ އެއް ނޫން

ސަލްމާން ޚާންގެ ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ހޯދާ ފިލްމުތަކެކެވެ. ސަލްމާންގެ ފިލްމެކޭ ބުނެފިނަމަ ބެލުންތެރިންވެސް އެ ފިލްމަކަށް ކުރާ އުއްމީދުތައްވެސް ވަރަށް ބޮޑެވެ.

ސަލްމާންގެ ޚާން އާއެކު އަޔޭޝާ ޓާކިޔާ ލީޑް ރޯލުން ފެނިގެންދިޔަ ވަރުގަދަ އެކްޝަން ތުރިލާ ފިލްމު “ވޯންޓެޑް” އަކީ ވަރަށް ފާހަގަކޮށްލެވޭ ޚާއްސަ ފިލްމެކެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރި “ވޯންޓެޑް” އަކީ ސަލްމާން ޚާންގެ ދިގު ފިލްމީ ކެރިއަރު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވާ އޭނާގެ ކެރިއަރު ނަގައި ކޮޅަށް ޖަހައިދިން ފިލްމެވެ. ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް އޭނާގެ ފިލްމަކަށް ނުލިބޭތާ 2 އަހަރު ފަހުން ނުކުތް ކާމިޔާބު ފުރަތަމަ ފިލްމެވެ. މި ފިލްމަށްފަހު 2016 އާ ހަމައަށް 3 ފިލްމު ފިޔަވައި ހުރިހާ ފިލްމެއް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ.

“ވޯންޓެޑް” ގައި ސަލްމާން އާއި އަޔޭޝާގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް އަޔޭޝާ އަކީ މި ފިލްމުގެ ލީޑް ރޯލަށް ސަލްމާން ބޭނުންވި ބަތަލާއެއް ނޫނެވެ. ދާދި ފަހުން ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ “ވޯންޓެޑް” ގެ ބަތަލާއަކަށް ސަލްމާން ބޭނުންވީ އޭނާއާއެކު އެދުވަސްވަރު އެންމެ ގިނަ ފިލްމު ކުޅުނު އަދި އޭނާގެ އޭރުގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފް ހިމަނާށެވެ. ނަމަވެސް ބޮނީ ބޭނުންވީ މި ފިލްމަށް ސަލްމާނާއެކު ކުރިން މަސައްކަތް ނުކުރާ ބަތަލާއެކެވެ. އެގޮތުން ގިނަ ތަރިންތަކެއްގެ ތެރެއިން ޖެނީލިއާ ޑީސޫޒާ ވެސް ބަތަލާއަކަށް ހަމަޖައްސަން ވިސްނުމަށްފަހު އެންމެ ފަހުން ހަމަޖެއްސީ އަޔޭޝާ ތާކިއާއެވެ.

“ވޯންޓެޑް” އަކީ 2006 ވަނަ އަހަރުގެ ތެލުގޫ ފިލްމު “ޕޮއްކިރީ” ގެ ހިންދީ ރީމޭކެކެވެ. ސަލްމާން އާއި އަޔޭޝާގެ އިތުރުން ފިލްމުގެ މުހިންމު ބައިތައް ކުޅެފައިވަނީ ޕްރަކާޝް ރާޖް، ވިނޯދް ކަންނާ އަދި މަހޭޝް މަންޖްރޭކަރް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top