ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އާއިލީ ގުޅުންތައް ހީނަރުވަނީތަ؟ މިކަންކަން ކޮށްލާ

އާއިލާއަކީ މުޖުތަމައުގެ ބިންގަލެވެ. އާއިލީ ގުޅުން ބަދަހިވުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމާއި އުފާވެރިކަމާ ގުޅިފައިވާ ކަމެކެވެ. އިސްލާމްދީނުގައިވެސް އާއިލީ ގުޅުން ދެމެހެއްޓުމަށާއި، ރަހިމުގެ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.

މި ލިޔުމުގައި ބަލައިލާނީ އާއިލީ ގުޅުންތައް ރަނގަޅުކޮށް، ގާތްކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކަށެވެ.

1 – މުއާމަލާތްތައް ވަރުގަދަކުރުން

އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ މުއާމަލާތްތައް ވަރުގަދަކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެކަކު އަނެކަކާ ވާހަކަދައްކައި، ހާލުބަލައި އުޅުމަކީ ގުޅުން ބަދަހިވާނެ ކަމެކެވެ. މިގޮތުން، ދުވާލަކު އެއްފަހަރު ނަމަވެސް އާއިލާގެ ހުރިހާ މެންބަރުން އެކުގައި ކެއުމަކަށް އިންސާފުކުރުމާއި، އެ ވަގުތުތަކުގައި ފޯނާއި އެހެނިހެން ވަސީލަތްތަކާ ދުރުވެ، އެކަކު އަނެކަކަށް ވަގުތު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

2 – އިޙްތިރާމް ކުރުމާއި އޯގާތެރިވުން

ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމަކީ އިސްލާމީ ރީތި އަދަބެކެވެ. އާއިލާގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދޭ ވަގުތު، ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އިސްކަންދޭން ޖެހެއެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް މާފުކުރުމުގެ ރޫޙު އާއިލާގެ ތެރޭގައި އާލާކުރަން ޖެހެއެވެ. ހިތްބަރުކަން ބޭއްވުމުގެ ބަދަލުގައި، މާފުކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބި، ގުޅުންތައް އާލާވާނެ ކަމެކެވެ.

3 – އުފަލާއި ހިތާމައިގައި ބައިވެރިވުން

އާއިލީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން އާއިލާގެ މެންބަރަކަށް ދިމާވާ ދަތިތަކާއި އުފާވެރިކަމުގައި ބައިވެރިވުމަކީވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އިތުބާރު ބޮޑުވާނެއެވެ.

4 – ދީނީ ކަންކަމުގައި އާއިލާ އެކުގައި ބައިވެރިވުން

ޖަމާއަތުގައި ނަމާދުކުރުމާއި، އެކުގައި ޤުރުއާން ކިޔެވުމާއި، ދީނީ މައުލޫމާތު އޮޅުންފިލުވުމަކީ އާއިލާގެ ތެރޭގައި ބަރަކާތް އިތުރުވެ، ރޫޙާނީ ގުޅުން ބަދަހިވާނެ ކަމެކެވެ. އިސްލާމީ އުސޫލުތަކުގެ މަތީގައި އާއިލާ ބިނާކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ ކަމެކެވެ.

އާއިލީ ގުޅުންތައް ރަނގަޅު ކުރުމަށް ބޭނުންވަނީ އެކަކު އަނެކަކަށް ދޭ ވަގުތާއި، ލޯތްބާއި، އިޙްތިރާމެވެ. އާއިލާއަކީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެހީތެރިޔާ ކަމަށްވާއިރު، އެ ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ މެންބަރެއްގެވެސް ޒިންމާއެކެވެ. އާއިލާގެ ތެރޭގައި އުފާވެރިކަމާއި ހަމަޖެހުން އޮތުމަކީ ބާއްޖަވެރި ދިރިއުޅުމެއްގެ އަސްލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top