ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރު އަދުރޭއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ
"ހިތުގާ ވާހާ ލޯބި އެނގޭނީ ހީލީމާ" ލަވައިގައި އަދުރޭ - ފޮޓޯ: ލަވައިގެ ސްކްރީން ޝޮޓެއް

“ހިތުގާ ވާހާ ލޯބި އެނގޭނީ ހީލީމާ” ފަދަ ހިތްގައިމު ލަވަތަކުގެ އިތުރުން ބައެއް ފިލްމުތައް ކުޅެފައިވާ, 90ގެ އަހަރުތަކުގެ މަޝްހޫރު ފިލްމީތަރި، ޢަބްދުއްރަޙްމާން ރަޢޫފް (އަދުރޭ)އަށް ހާޓްއެޓޭކެއް ޖެހި އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

އަދުރޭގެ ދަރިފުޅު، ޝާއިލް ރާއްޖޭގެ އޮންލައިން ނޫސް “ދެން”އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބައްޕަ މިހާރު މަސައްކަތް ކުރަމުންދަނީ ރެޑިސަން ބްލޫ ރިސޯޓްގައި ކަމަށާއި އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު އެ ރިސޯޓްގައި އުޅެނިކޮށް ކަމަށެވެ.

ޝާއިލްއާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް އަދުރޭ ގެންގޮސް ފުރަތަމަ ފަރުވާދިނުމަށްފަހު މިހާރު އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިހާރު 58އަަހަރުގެ އަދުރޭއަކީ 90ގެ އަހަރުތަކުގައި މަޝްހޫރުވި ފިލްމު “ދެހިތެއްގެ ލޯބި”، “ދޮން މަންމަ”، “ޅީދަރިފުޅު”. “ހީލަތް”، “އަނތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު”ގެ އިތުރުން މަޝްހޫރު އެކްޓްރެސް ޝިރާނީއާ އެކު އަދުރޭ ހަރަކާތްތެރިވި “މަލަކާ” ޑްރާމާ ފަދަ އުފެއްދުންތަކުގައި ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ ފަންނާނެކެވެ.

ޢަބްދުއްރަޙްމާން ރަޢޫފް (އަދުރޭ) އަށް ހަލި ޝިފާއެއް މިންވަރުކުރައްވާށި! އާމީން

@muniavasActor Adhurey ah Heart Attack eh jehi faruvaadhenee

♬ မျိုးချစ်သား – user31314193041

5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top