ކުލަގަދަ ހަފުލާއަކާއެކު ދިވެހި ފިލްމު “ޕަރީ – ޗެޕްޓަރ 1” 07 ޖެނުއަރީ 2025 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފިއެވެ. މި ހަފުލާގައި ބޮލީވުޑްގެ ފަންނާނު ސުރުޖާސިކާ ދާސް ބައިވެރިވެ ދިވެހި ފިލްމު ބަލާ އޯޑިއަންސަށް ވަނީ އުފާވެރި ޚަބަރެއް ދީފައެވެ. “ޕަރީ – ޗެޕްޓަރ 2″ގައި ސުރުޖާސިކާ ދާސް ހަރަކާތްތެރިވާނެ ކަން ޚުދު އޭނާ މިވަނީ ކަށަވަރުކޮށްދީފައެވެ.
ޕަރީން އަހަރެން ފެންނަން ތިބޭފުޅުން ބޭނުންތޯ؟….
އޯޑިއަންސްގެ ބަސް ޤަބޫލުކުރަން ޖެހޭނެދޯ. އާނ، މަށަކީ ޕަރީގައި ހިއްސާވާ މީހެއް!”
– ސުރުޖަސިކާ ދާސް
ދިވެހި ފިލްމު “ޕަރީ – ޗެޕްޓަރ 1” ޕްރިމިއާކުރުން ޝަރަފުވެރިކޮށްދިނީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ބިރުވެރި ފިލްމު “ފަތިސްހަނދުވަރު”ގެ ލީޑް ކާސްޓް، މަޝްހޫރު އެކްޓަރުން ކަމަށްވާ މޫސާ މަނިކް (ރީކޯ މޫސަ) އަދި ނިޢުމާ މުޙައްމަދު އެވެ.
@muniavas PAREE -Chapter 1 Releasing Event @seaxanali @umarashfaq1515 @neumamohamed77 #Paree #ReekoMoosa ♬ original sound MUNIAVAS
އަޙްމަދު އަހުސަން އާއި ޢަލީ ސީޒަން ޕްރޮޑިއުސްކުރާ “ޕަރީ” ގެ ތަރިންގެ ތެރޭގައި ޢަލީ ސީޒަން، ރިޝްމީ ރަމީޒް، ޖުމައްޔިލް ނިމާލް، ޝީލާ ނަޖީބު އަދި ކުޑަކުއްޖެއްގެ ރޯލުން އަލަށް ތަޢާރަފުކުރާ މަރިޔަމް ލަމްޝާ ހިމެނެއެވެ. ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމެވެ. ޢަބްދުﷲ ޝިވާޒް (މާސްކޭ) ގެ ކުޅަދާނަ ސިނެމަޓޯގްރަފީ އިން ދައްކުވައިދިން މަންޒަރުތައް އެޑިޓްކުރީ ރިޝްމީ ރަމީޒާއި ޢަލީ ސީޒަންއެވެ.
އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފަ އެވެ.
