މި މަހު 07 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށް ކާމިޔާބު ޝޯތަކެއް ކުރިއަށްދާާ ދިވެހި ބިރުވެރި ފިލްމު “ޕަރީ”ގެ އަގުވައްޓައިލުމަށް ބަޔަކު އަޑީގައި ތިބެގެން ކުރަމުން އަންނަ މަސައްކަތްތަކަށް ސީޒަން ރައްދުދީފިއެވެ.
މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން މިއަދު ހިއްސާކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނީ “ޕަރީ” ފިލްމުގެ އަގުވައްޓައިލާ ފިލްމުގެ ވިޔަފާރިއަށް ކޮންމެވެސް ސިފައެއްގައި ގެއްލުންދީ، ރައްޔިތުންްގެ ސަޕޯޓް ފިލްމަށް ލިބިފައި އޮތްލެއް ބޮޑުކަމުން އެ ސަޕޯޓް ދުއްވާލުމުގެ ބޭނުމުގައި އަޑީގައި ބަޔަކު ތިބެގެންް ވަރަށް ބޮޑަށް ރޭވިގެން ޕަރީގެ ފޭސްބްކް ޕޭޖަށް ފޭކް އައިޑީ ހަދައިގެން ކޮމެންްޓްކޮށް ހިންގަމުންް އަންނަ ކަންތައްތައް ހުއްޓާލުމަށް އެދޭ ކަމަށެވެ.
@muniavas ޕަރީގެ އަގުވައްޓައިލުމަށް ބަޔަކު ކުރަމުން އަންނަ މަސައްކަތްތަކަށް ސީޒަންގެ ރައްދެއް @Seaxanali #paree ♬ original sound – MUNIAVAS
“ޕަރީ” ފިލްމަށް ލިބިފައިވާ ތާއިދު ދުއްވަައިލުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރަމުންް އަޔަސް، ފިލްމު ބަަލާާފައި ނުކުންތަ މީހުންް ފިލްމާމެދު ތައުރީފުގެ ކޮމެންޓްތައް މީސްމީޑިއާގައި ހާމަކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
