ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން

ސާފް ވިމެންސް ފުޓްސަލް ޗެންޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

ފުރަތަމަ މެޗްގައި އިންޑިޔާއާ ވާދަކޮށް 11 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން ބަލިވި ނަމަވެސް މިމެޗްގައި ދިވެހިރާއްޖެއިން ވަނީ ބައިކޮޅަށް ވަތް ގޯލު މަދުކޮށްފައެވެ. ނޭޕާލާއި ވާދަކޮށް 5 ލަނޑު 0 ލަނޑުން ދިވެހިރާއްޖެ ބަލިވި މިއަދުގެ މެޗްގައި ދިވެހިރާއްޖެއިން ވަނީ ކުރީ މެޗަށްވުރެ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ވެސް ހޯދާފައެވެ. އެގޮތުން ދިވެހިރާއްޖެއިން އުފެއްދި ދެ ހަމަލާއެއް ވަނީ ގޯލްދަނޑިއަށް ވެސް އަމާޒު ވެފައެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން

މިމެޗްގައި ނޭޕާލް ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފުރަތަމަ ހާފުގައި ޖެހިއިރު ފަސްވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި ބަދަލަކަށް ނުކުމެ ދިވެހިރާއްޖޭގެ ކީޕަރ ސައުސަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ތިންވަނަ މެޗްގައި މިމަހު 17 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top