ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕޮލިހާއި އެމްޓީސީސީ ފައިނަލަށް
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ފައިނަލަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗް އިއްޔެ ވަނީ ކުޅެފަ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގަ އިއްޔެ ހަވީރު ބައްދަލުކުރީ މޯލްޑިވްސް ޕޮލިސް އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ އެވެ. މި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މޯލްޑިވްސް ޕޮލިސް ހޯދިއިރު، މި މެޗްގެ ސެޓްތައް އެ ޓީމުން ހޯދީ 25-8، 25-11 އަދި 25-12 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސްގެ ޖޯޒީ ނަންބަރު 10 އަލްޔާ އަހްމަދު އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސެމީ ފައިނަލްގެ ދެވަނަ މެޗް މިރޭ ކުޅެވުނުއިރު، މި މެޗްގައި ބައްދަލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި މޯލްޑިވްސް އިމިގްރޭޝަން އެވެ. ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އެމްޓީސީސީއިން ހޯދިއިރު، މި މެޗްގެ ސެޓްތައް އެ ޓީމުން ކާމިޔާބުކުރީ 25-14، 25-15 އަދި 25-14 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.ޓީ.ސީ.ސީގެ ޖޯޒީ ނަންބަރު 19 މާޔާ ހުސެއިން ސަލާހް އެވެ.

މި މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ހޮވާ މެޗް މިއަދު ހަވީރު އޮންނާނެ އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top