ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮންމެ ކަމަކީވެސް މިހާރު ޓްރެންޑެއް: ޖެން-ޒީ އާއި “ޒީރޯ ސިވިކް ސެންސް”
އިމޭޖު ކްރެޑިޓް: ގުރޮކް

މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ދަނީ ތަފާތު އެކިއެކި އެއްޗިހި ޓްރެންޑު ވަމުންނެވެ. މީގެ ކުރިން މުޖުތަމައުގައި ހުރުުން ލާޒިމު އަދަބުތަކާއި، އާންމު ތަންތަނުގައި އުޅެންޖެހޭ ގޮތް ނުވަތަ “ސިވިކް ސެންސް” އަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބެލިއަސް، މިއަދު “ޒީރޯ ސިވިކް ސެންސް” (އިޖުތިމާއީ އަދަބުވެރިކަމެއް ނެތުން) މިވަނީ އާ ޖީލުގެ ނުވަތަ ޖެން-ޒީގެ މެދުގައި ވަރުގަދަ ޓްރެންޑަކަށް ވެފައެވެ.

މިޓްރެންޑު ފެށިގެން އައިގޮތަށް ބަލާލާއިރު، މިކަން ފެށިގެން އައީ އާންމުންނަށް ފާޑުކިޔުމުގެ ގޮތުންނެވެ. އާންމުކޮށް މީހުުން ބޭނުންކުރަމުން އަންނަ ޖުމުލައެއް މީހުންނަށް މަލާމާތްކުރުމުގެ ރާގަށް އިންސްޓާގްރާމްގައި މިހާރުދަނީ ރީލްއެއްގެ ގޮތުގައި ޕޯސްޓުކުރެވެމުންނެވެ. އެންމެ ޖުމުލައަކުން މިއަދުމިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޤުބޫލްކަން ހޯދާފައެވެ.  މީގެ އިތުރުން، އެ ބުނި ގޮތާއި، މޫނުމަތީގެ ކުލަވަރާއި، އެ ވަގުތުގެ ސަބަބުންކަންވެސް ފާހަގަވެއެވެ. އިންސްޓަގްރާމްގެ އަލްގޮރިދަމްގައި މިކަން ހިފުމާއެކު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެންމެންގެ ފީޑުން މި މަންޒަރުތައް ފެންނަން ފެށިއެވެ.

މިކަން ފީޑުތަކުގައި މަޤުބޫލުވެގެން ދިޔައީ މީހުން ހީވެސް ނުކުރާ ކަހަލަ ގޮތެއްގައެވެ. މިހެން މިބުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިންޓަނެޓްގެ އަލްގޮރިދަމް މަސައްކަތްކުރާ ގޮތުންވެސް، މީސްމީހުންގެ މެދުގައި ބެލެނީ ނުވަތަ ރިއެކްޓް ކުރަނީވެސް މީހުން ނުރުހުންވާ ކަންކަމަށެވެ. ހަމައެއާއެކު އެއްބަޔަކު އަނެއްބަޔަކަށް ދޫނުކޮށް، “ޒީރޯ ސިވިކް ސެންސް” މި ލޭބަލް ބޭނުންކޮށްގެން ކޮންޓެންޓް އުފައްދަން ފެށިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ މި ޓްރެންޑްގައި ބައިވެރިވެ، އަމިއްލަ ގޮތްތަކެއް މީގެ ތެރެއަށް ލުމަށެވެ. ނަތީޖާއަކަށްވެގެންދަނީ ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކެއްގައި މި ވާހަކަ ދެކެވި، މިއީ އެންމެން ދަންނަ “ޔުނިވަރސަލް” ބަހަކަށް ވެގެން ދިޔުމެވެ.

މިޒަމާނުގައި މީހުން މިކަން މާނަކުރާ ގޮތްވެސް ނުވަތަ ކުރެވޭ ގޮތްވެސް ވަރަށް ތަފާތެވެ. މިހާރު މި ޓްރެންޑަކީ ހަމައެކަނި އިޖުތިމާއީ އަދަބުތަކާ ބެހޭ ކަންކަމެއް ނޫނެވެ. މިކަން މިޒަމާނުގައި ވަނީ  މަލާމާތާއި ފާޑުކިޔުމުގެ ވަސީލަތަކަށްވެފައެވެ. މިހާރު މީގެން އެންމެ ބޮޑު ބޭނުމެއް ކަމުގައި ދެކިފައިވަނީ އިންފްލުއެންސަރުންގެ ހުރިހާ ތަނަކުން އިސްކަންދޭންޖެހޭނެ ކަމަށް ދެކޭ ދެކުމަށް މަލާމާތްކުރުމަށެވެ. އިންފްލުއެންސަރުންނަށް ހީވެފައިވަނީ އެމީހުން ވީޑިއޯއެއް ނަގަން ފެށުމުން އެ ތަނެއްގައި ތިބި އެހެން ހުރިހާ މީހުން އެއްތަންވެފައި ތިބޭހެން ހިމޭނުން ތިބެންޖެހޭނެހެންނެވެ. ނުވަތަ މުޅި ދުނިޔެ އެމީހުންނަށްޓަކައި ޖާދޫއެއްގެ ސިފައިގައި ހުއްޓެން ޖެހޭނެ ކަމަށެވެ.

މި ޖީލަކީ ކަންކަމަށް ފާޑުކިޔުމާއި، ކަންކަމުގެ އަސްލު ހާމަކުރުމަށް ލޯބިކުރާ ޖީލެކެވެ. އެމީހުން މިއަށް ލޯބިކުރަނީ މީގެ ސަބަބުން މުޖުތަމައުގެ ނަސްލީ ކަންކަން ހާމަވާތީއެވެ. ނަމަވެސް، ހަމަ އެއާއެކު މިކަމަށް ނަފުރަތުކުރަނީ، މިކަހަލަ ޓްރެންޑުތަކަކީ  އެއްވެސް މާނައެއް ނެތް، ތާކުންތާކު ނުޖެހޭ ކަންކަން ވެސް ޓްރެންޑަކަށް ހަދާތީއެވެ. މިއީ އިންޓަރނެޓް ޓްރެންޑްގެ ތެރޭގައި ހިމެނޭ ބައެކެވެ، ކަމެއް ފެށި، އެންމެންގެ މެދުގައި މަގުބޫލުވެ، އެންމެ ފަހުން އެކަމެއްގެ މަތިން ފޫހިވާ ހިސާބަށް ދިއުމެވެ.

މިހާރަކަށް އައިސް އަހަރެމެންނަށް މި ފެނިގެންދަނީ  ކޮންމެ ކަމެއްވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޓްރެންޑަކަށް ބަދަލުވެގެންދާ މަންޒަރެވެ. “ޒީރޯ ސިވިކް ސެންސް” ގެ މި ޓްރެންޑަކީ ކުރިން އަހަރެމެން ކަންބޮޑުވިކަމެއް ކަމުގައިވިއަސް، މިހާރު އެއީ ހަމައެކަނި އިންފްލުއެންސަރުންނަށް މަލާމާތްކުރަން ބޭނުންކުރާ “އިންސައިޑް ޖޯކް” އަކަށް ވަނީ ވެފައެވެ. އިންޓަނެޓްގެ ޒަރިއްޔާއިން ތަރައްގީވެފައިވާ މިޒަމާނުގައި އަހަރެމެންގެ އުޅުމާއި އަހަރެމެންގެ ވައްޓަފާޅި މިވަނީ  މި ޓްރެންޑުތަކުގެ ސަބަބުން ބަދަލުވެފައެވެ. އެހެންކަމުން، ކޮންމެ ކަމެއް ޓްރެންޑަކަށް ހެދިއަސް،  އަހަރެމެންގެ އިންސާނިއްޔަތުކަމާއި އަދަބުވެރިކަމަކީ އެއްވެސް އިރެއްގައި ޓްރެންޑަކުން ބޭރުވެގެންނުދާނެ ކަންކަމަށް ހެދުމަކީ ވަރަށް މުހިއްމުކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top