ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިމް ޖީ-ވޮންގެ “ޑޮކްޓަރ އެކްސް”ގެ ޓްރެއިލަރ ނެރެފި
އިމޭޖު ކްރެޑިޓް: އެސްބީއެސް ކެޗް (ގޫގަލް)

ދެކުނު ކޮރެއާގެ އެކްޓްރެސް ކަމުގައިވާ ކިމް ޖީ-ވޮންގެ މެޑިކަލް ޑްރާމާ ‘ޑޮކްޓަރ އެކްސް: އޭޖް އޮފް ދަ ވައިޓް މާފިއާ”ގެ ޓްރެއިލަރ މީސްމީޑިޔާގައި އާންމުކޮށްފިއެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގައި ދައްކަން ހަމަޖެހިފައިވާ މި ޑްރާމާއަކީ މެޑިކަލް ޑްރާމާއެކެވެ. މީގައި ކިޔައިދެނީ ކައީ ސޫ ޖޮންގް (ކިމް ޖީ ވޮން) ގެ ވާހަކައެވެ. އޭނާއަކީ ހަމައެކަނި އޭނާގެ ހުނަރު ބޭނުންކޮށްގެން ހަގީގީ ޑޮކްޓަރުންނަކީ ކާކުކަން ސާބިތުކޮށްދީ އަދި ހަމަނުޖެހުންތަކުން ފުރިފައިވާ ސިއްހީ ނިޒާމަށް ގިނަގުނަ ބަދަލުތަކެއް ގެނުވައިދޭ ސާޖަންއެކެވެ.

ގިނަ ބައެއްގެ މެދުގައި ކިމް ޖީ-ވޮން މަޝްހޫރު ވެފައިވަނީ އޭނާގެ ޝޯވްތައް ކަމަށްވާ “‘ޑިސެންޑެންޓްސް އޮފް ދަ ސަން’ ، ‘ފައިޓް ފޯ މައި ވޭ’، ‘މައި ލިބަރޭޝަން ނޯޓްސް’ އަދި އެންމެ ފަހުން ‘ކުއީން އޮފް ޓިއާޒް’ ފަދަ ޑްރާމާތަކުގައި އިޙްސާސްތައް ފުންކޮށް ދައްކުވައިދިނުމުގެ ސަބަބުންނެވެ. ހަމައެގޮތުން ‘ޑޮކްޓަރ އެކްސް’ އަކީ އޭނާގެ އެކްޓިންގ ކެރިއަރުގެ އިތުރު މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް ބެލެވޭ މަސައްކަތެކެވެ.

“ޑޮކްޓަރ އެކްސް” ގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ކިމް ޖީ ވޮން، ލީ ޖަންގް އުން، ސޮން ހުން ޖޫ އަދި ކިމް ވޫ ސޮކް އެވެ.

މި ސިލްސިލާގެ ކެރެކްޓާސް އަށް ބަލާލާއިރު، ކިމް ޖީ ވޮން ކުޅެފައިވަނީ ކައީސޫ ޖޮންގްގެ ރޯލެވެ. އޭނާއަކީ “އޮޕަރޭޝަން ރޫމުގެ” މޭޑް ޑޯގްގެ ނަމުން މަޝްހޫރުވެފައިވާ މޮޅު ސާޖަނެކެވެ. ޖިވޮންގެ އިތުރަށް ލީ ޖަންގް އިއުން ކުޅެފައިވަނީ ޖާންގް ހީ ސުކްގެ ރޯލެވެ. އޭނާއަކީ ކައީ ސޫ ޖޮންގް ހޮސްޕިޓަލަށް ފޮނުވި ކުއްޔަށް ޑޮކްޓަރުން ހޯދައިދޭ އޭޖެންސީގެ ވެރިޔާއެވެ. އަދި އޭނާއަކީ ފައިސާއަށް ދަހިވެތިވެފައިވާ އަންހެނެއްވެސް މެއެވެ. ހަމައެއާއެކު، ސޮން ހުން ޖޫ ކުޅޭފައިވަނީ ގޫސޮ ޔުނިވަރސިޓީ ހޮސްޕިޓަލްގެ ގޮފި ހޮސްޕިޓަލެއްގެ ޑިރެކްޓަރު ބޫ ސުންގް ގްވޮންގެ ރޯލެވެ. މީގެ އިތުރުން، ކިމް ވޫ ސޮކް ފެނިގެންދަނީ އެ ހޮސްޕިޓަލުގެ މުއްސަނދި އިންޓާންއެއް ކަމަށްވާ ޕާކް ޓޭ ގޮންގްގެ ރޯލުންނެވެ.

ކައީ ސޫ ޖޮންގް ފެނިގެންދަނީ ޖާންގް ހީ ސުކްގެ ނެރޭޝަނާއެކުގައެވެ. މިއީ އެކަނިވެރި ވަކަައިގެ ވާހަކައެވެ. ‘ވައިޓް މާފިއާ’ގެ މި ޒަމާނުގައި އިންސާނުންގެ ފުރާނަތަކާ ގުޅުންހުރި ސިއްހީ ފަރުވާވެސް ދެވެމުންދަނީ ފައިސާއާއި ބާރުގެ ހަމަތަކުންކަން މިޓްރެއިލާ އިން ފެނިގެން ދެއެވެ.

ހަމަގައިމުވެސް މިއަހަރުގެ އޮކްޓޯބަރު މަހަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެކަން ޔަގީނެވެ. މި ސިލްސިލާ ދައްކަން ހަމަޖެހިފައިވަނީ ނެޓްފްލިކްސްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top