ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދޭކް ޒަރާ ޕިޔާރް ސޭ”: ބަޠަލާ ޔުމްނާ ޒައިދީގެ ވަރުގަދަ އެނބުރިއައުން
އިމޭޖު ކްރެޑިޓް: ހަމް ޓީވީ ޔޫޓީއުބް ޗެނަލް

ޕާކިސްތާނުގެ ދެ ބަޠަލުންކަމަށްވާ ޔުމްނާ ޒައިދީ އާއި ހަމްޒާ ސޮހައިލް ހަމް ޓީވީގެ އައު ރަމަޟާން ޑްރާމާއެއް ކަމުގައިވާ “ދޭކް ޒަރާ ޕިޔާރް ސޭ” އިން އެކުގައި ފެނިގެންދާނެއެވެ. މި ދެ ތަރިންނަކީވެސް އެކްޓިންގއަށް މޮޅު އަދި މޮޅު ސްކްރީން ޕްރެސެންސެއް އެކުލެވިގެންވާ ދެތަރިންނެވެ.

ޔުމްނާ ޒައިދީ ބެލުންތެރިންގެ މެދުގައި މަޤުބޫލުވެފައިވަނީ “ތޭރޭ ބިން” “ޕަރީޒާދުް” އަދި “ޕިޔާރް ކޭ ސަދްގޭ” ފަދަ މަޝްހޫރު ޑްރާމާތަކުންނެވެ. އޭނާއަކީ ހުރިހާ ވައްތަރެއްގެ ރޯލެއްވެސް ވަރަށް މޮޅަށް ކުޅޭ އެކްޓްރެސްއެއްވެސް މެއެވެ. ހަމްޒާ ސޮހައިލް މަޝްހޫރުވީ “ފެއަރީ ޓޭލް” އާއި “ރަގީބް ސޭ” ފަދަ ޑްރާމާތަކުންކަން ފާހަގަކޮށްލެވެއެވެ.

“ދޭކް ޒަރާ ޕިޔާރް ސޭ” ލިޔެފައިވަނީ ސައިމާ އަކްރަމް ޗައުދަރީއެވެ. ޑައިރެކްޓް ކޮށްފައިވަނީ ފެއަރީ ޓޭލްގެ ޑައިރެކްޓަރ އަލީ ހަސަންނެވެ. އަދި ޕްރޮޑިއުސް ކޮށްފައިވަނީ މޫމިނާ ދުރައިދުއެވެ.

މިއީ ރަމަޟާން މަހަށް ހާއްސަކޮށްފައިވާ އާދައިގެ ރޮމޭންޓިކް ކޮމެޑީއެކެވެ. “ތޭރޭ ބިން” ޑްރާމާއިން “މާ ބޭގަމް”ގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދި ބުޝްރާ އަންސާރީވެސް މީގައި ޒަމާނީ މާމައެއްގެ ރޯލުން ފެންނާނެއެވެ. ފޭނުން ތިބީ ޔުމްނާ އާއި ހަމްޒާގެ ކެމިސްޓްރީއަށް ވަރަށް ކެތްމަދުވެފައި ކަން ފާހަގަކޮށްލެވެއެވެ.

ޖެނުއަރީ 24 ވީ ހޮނިހިރު ދުވަހު ހަމް ޓީވީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ވަނީ މި އައު ޕްރޮޖެކްޓުގެ ފުރަތަމަ ޝައުގުވެރި ފަސްމަންޒަރު ހިއްސާކޮށްފައެވެ. މިއީ ފޭނުން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމްޓީވީ އިން ވަނީ ޔުމްނާ އަދި ހަމްޒާގެ މި ސީރީޒްގެ ފުރަތަމަ ޓްރެއިލާ މީސްމީޑީޔާގައިވެސް އާންމުކޮށްފައެވެ. ވޭތުވެދިޔަ ރަމަޟާން މަހު ގެނެސްދިން މި ދެމީހުންގެ ރޮމްކޮމްތައްވެސް ވަނީ ބެލުންތެރިންގެ މެދުގައި މަޤުބޫލުވެފައެވެ. އެހެންކަމުން ގިނަ ބެލުންތެރިން ތިބީ ހަމްޒާ އަދި ޔުމްނާގެ މި ސީރީޒްގައި ފެނިގެންދާނެ ކެމިސްޓްރީއަށް އިންތިޒާރުގައިކަން ފާހަގަކޮށްލެވެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top