ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގެ އެންމެ ބޮޑު “ކްލޯޒް-އަޕް” ފޮޓޯގްރަފީ މުބާރާތުގެ އެއްވަނަ، 14 އަހަރުގެ ކުއްޖަކަށް

ދުނިޔޭގެ އެންމެ ބޮޑު “ކްލޯޒް-އަޕް” ފޮޓޯގްރަފީ މުބާރާތުގެ އެއްވަނަ، އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު އާދައިގެ ޑީ.އެސް.އެލް.އާރް ކެމެރާއެއް ބޭނުންކޮށްގެން ހޯދައިފިއެވެ.

އިންޑިއާއަށް އުފަން މި ޒުވާން ހުނަރުވެރިޔާ ވަނީ ވަރުގަދަ ވާދަވެރިކަމެއްގެ ތެރެއިން، ކުޑަކުދިންގެ ބައިން ޝަރަފުވެރި ކާމިޔާބީއެއް ހޯދައި، އޭނާގެ ފަންނީ ހުނަރުވެރިކަން ދުނިޔެއަށް ދައްކާލާފައެވެ.

ހަތްވަނަ “ކްލޯޒް-އަޕް ފޮޓޯގްރަފާ އޮފް ދަ އިޔަރ” (CUPOTY) މުބާރާތުގެ ޒުވާން ފޮޓޯގްރަފަރުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ރިތުވެދް ގިރީޝް އެވެ. ޔޫ.އޭ.އީ ގައި ދިރިއުޅޭ އުމުރުން އެންމެ 14 އަހަރުގެ ރިތުވެދް މި ކާމިޔާބީ ހޯދީ ދުނިޔޭގެ އެންމެ ބޮޑު މެކްރޯ އަދި ކްލޯޒް-އަޕް ފޮޓޯގްރަފީ މުބާރާތުގައި ވާދަކޮށްގެންނެވެ. މިއީ އޭނާ ހޯދި ފުރަތަމަ ކާމިޔާބީއެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ “އޮސްކާސް އޮފް ދަ ވައިލްޑް”ގެ ނަމުން މަޝްހޫރުވެފައިވާ “ވައިލްޑްލައިފް ފޮޓޯގްރަފާ އޮފް ދަ އިޔަރ” އެވޯޑްސްގެ ދެވަނަ ވެސް ހޯދާފައެވެ.

ރިތުވެދް މި ފޮޓޯ ނެގުމަށް ބޭނުންކޮށްފައިވަނީ އެންމެ ފަހުގެ މިރަރލެސް ކެމެރާއެއް ނޫނެވެ. އޭނާ ބޭނުންކުރީ މީގެ ދިހަވަރަކަށް އަހަރު ކުރިން ނެރުނު ޕްރޮފެޝަނަލް ފެންވަރުގެ ޑީ.އެސް.އެލް.އާރް ކެމެރާއެކެވެ. މިއީ ވަރަށް ކުދި އެއްޗެހީގެ ތަފްސީލީ ފޮޓޯ ނެގުމަށް ޚާއްޞަ ލެންސަކާއެކު އޭނާގެ ހައިރާންކުރުވަނި ފޮޓޯގްރަފީ ހުނަރު ދައްކާލުމަށް ބޭނުންކުރި ސާމާނެކެވެ.

ރިތުވެދް ކިޔައިދިން ގޮތުގައި، އިންޑިއާގެ ކެރެލާގައި ހޭދަކުރި ޗުއްޓީގެ ތެރޭގައި އޭނާއަށް ފެނުނީ “ޓެޓްރަގޮނިއުލާ” އާއިލާއަށް ނިސްބަތްވާ ކަށި ނުހުންނަ ކުޅަނދުރުގެ ހާއްޔެކެވެ. ގުދުރަތީ ރީތިކަމާއި ކުދި ދިރުންތަކަށް ޝައުގުވެރިކަން ހުންނަ ރިތުވެދް ކޮންމެ ފަހަރަކު އިންޑިއާއަށް ދާއިރުވެސް ތިމާވެށީގެ ތެރެއަށް ނުކުމެ އައު ކަންތައްތައް ހޯދުމަށް އިސްކަންދެއެވެ.

“ކުދި ނަމަވެސް މި ފާހަގަކޮށްލެވޭ ކުޅަނދުރުރައް ފަރުވާތެރިކަމާއެކު ގެދޮރު ބިނާކޮށްފައިވަނީ ވެކްސް، ރެސިން، އަދި ކުސަޑު ބޭނުންކޮށްގެން، އެމީހުންގެ ކޮލޮނީ ރައްކާތެރިކުރުމަށް ހޮޅިއެއްގެ ބައްޓަމަށް ތަފާތު ދޮރެއް އުފެއްދި.

މި ފޮޓޯ ނެގުމަށް އެއްވެސް ކާނާއެއް ނުވަތަ އެއްޗެއް ބޭނުންކޮށްގެން އެސޮރުމެން ކައިރިކުރަން މަސައްކަތް ކޮށްފައެއް ނުވާނެ. މިއީ އެސޮރުމެންގެ ގުދުރަތީ އާދަކާދަތަކަށް ބުރޫނާރާނެހެން ނަގާފައިވާ ފޮޓޯއެއް. މި ފޮޓޯއިން ހަނދާންކޮށްދެނީ ތިމާވެށީގެ ބެލެންސް ހިފެހެއްޓުމުގައި މިފަދަ ކުދި ދިރުންތައް އަދާކުރާ މުހިންމު ދައުރު.” ރިތުވެދް ބުންޏެވެ.

ކްލޯޒް-އަޕް ފޮޓޯގްރަފާ އޮފް ދަ އިޔަރ މުބާރާތް

“ކްލޯޒް-އަޕް ފޮޓޯގްރަފާ އޮފް ދަ އިޔަރ” މުބާރާތަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ، ހުރިހާ ފެންވަރެއްގެ ފޮޓޯގްރަފަރުންނަށްވެސް ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތުގައި އާދައިގެ ކެމެރާއިން ފެށިގެން، ފޯނު ކެމެރާ އަދި މައިކްރޯސްކޯޕް ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތައްވެސް ހުށަހެޅިދާނެއެވެ. ސަބަބަކީ މެކްރޯ އަދި މައިކްރޯ ފޮޓޯގްރަފީގެ ދުނިޔޭގައި، އެންމެ ކުދި އެއްޗެހިންވެސް ވަރަށް ބޮޑެތި ވާހަކަތައް ބުނެދޭތީއެވެ.

ކްލޯޒް-އަޕް ފޮޓޯގްރަފާ އޮފް ދަ އިޔަރގެ އަށްވަނަ މުބާރާތް ވަރަށް އަވަހަށް ފެށޭނެއެވެ. އަދި 2026 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އައު ފޮޓޯތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތާއި މުބާރާތުން ވަނަވަނައަށް ދިޔަ ފޮޓޯތައް ބަލާލުމަށް ކްލޯޒް-އަޕް ފޮޓޯގްރަފާ އޮފް ދަ އިޔަރގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވާށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top