ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރުސަތު މިއޮތީ ހުޅުވާލާފަ! ގޮތް ނިންމާނީ ތިކޮޅުން!
ފޮޓޯ: ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

މިއަދާއި ހަމައަށް ވެސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނަކީ ނިއުރޭޑިއަންޓެވެ. ނިއުރޭޑިއަންޓް މިލްކޮށްފައިވާ ތަށިތަކާއި ހަދާފައިވާ ރެކޯޑްތަކާއި ވާދަކުރެވޭވަރުގެ ކާމިޔާބެއް އަދި އެހެން ޓީމަކަށް ހޯދިފައެއް ނެތެވެ. ދިވެހިރާއްޖޭގެ މައި ލީގާއި ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ސަރަހައްދީ މުބާރާތްތަކަށް ނަޒަރު ހިންގާލިޔަސް ކަންއޮތީ އެހެނެވެ.

ނިއުރޭޑިއަންޓަށް ކުޅުމަކީ ވަރަށްގިނަ ޒުވާނުންނާއި ކުޑަކުދިންގެ ހުވަފެނެކެވެ. އުންމީދެކެވެ.

އެފަދަ ފުރުސަތަކަށް އެދިއެދި ތިބި އެތައް ކުދިންނެއް އެބަތިއްބެވެ. މިއޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.

https://newradiant.mv/enroll

އެއްފަހަރާ ފަސް ސަރަހައްދެއްގައި އެކަޑަމީ ފެށުމުގެ މަސައްކަތް ނިއުރޭޑިއަންޓުން ކުރަމުންދާއިރު އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ނިމިފައެވެ. އަންހެން ފުޓްބޯޅާގައި ވެސް ފަހުރުވެރި ކާމިޔާބީއެއް އޮތް ނިއުރޭޑިއަންޓުން ފަށާ އެކަޑަމީގައި އަންހެން ކުދިންނަށް ވެސް ބައިވެރި ވެވޭނެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން ނިއުގެ ޗެއާރމަން އަހްމަދު މުބީން ވިދާޅުވި ގޮތުގައި އެކަޑަމީއެއް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ހުރީ ނިމިފައެވެ. ޓެކްނިކަލް ޑިރެކްޓަރ އަންދަރޭސްގެ ބެލުމުގެ ދަށުން، އެކަޑަމީއަށް ސްޕެެއިންގެ ކޯޗެއް ގެނައުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ދިވެހި ކޯޗުން ވެސް ނިއުގެ އެކަޑަމީގައި މަސައްކަތް ކުރާނެއެވެ.

އަންދަރޭސްއަކީ ކޮވިޑް 19 ގެ ދުވަސްވަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ވެސް މަސައްކަތް ކޮށްފައިވާ ކޯޗެކެވެ.

މުސްތަގުބަލްގައި ނިއުރޭޑިއަންޓަށް ކުޅުންތެރިން ނަގާނީ މިއެކަޑަމީންނެވެ. މިއެކަޑަމީގެ މަސައްކަތްތައް ރާވާލާފައިވަނީ އެފަދަ ހުރިހާ ކަމަކަށް އަމާޒުކޮށްގެންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެކަޑަމީ ފެށުމަށް ނިއުއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުތަކަކީ މާލެ އާއި ހުޅުމާލެ އަދި ނިލަންދޫ އާއި ތިނަދޫގެ އިތުރުން އިހަވަންދޫއެވެ. މީގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް އެކަޑަމީތައް ހުޅުވުމަކީ ނިއުރޭޑިއަންޓްގެ ޕްލޭންގައިވާ ކަންކަމެވެ.

މިކަމާއިގުޅިގެން އިތުރު މައުލޫމާތެއް ބޭނުންފުޅު ނަމަ މި ދެ ނަންބަރަށް ގުޅުމުން އެމައުލޫމާތު ފޯރުކޮށްދޭނެއެވެ. 7779110، 7802244

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top