ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކެސަޑިއާ – މުނިއަވަސް ރަހަފަތް

މި ތައްޔާރުކުރަންވީ ކީއްވެ؟

މިއީ މެންދުރުގެ ކެއުމަކަށް، ލުއި ކެއުމަކަށް ނުވަތަ އިތުރު ކާނާއެއްގެ ގޮތުގައި ވަރަށް އަވަހަށް އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. ޓޯޓީލާ (tortilla) ކުޑަކޮށް ފިހެލުމުން އޭގެ ރަހަ މީރުވެ، ރީތި ރަން ކުލައެއް ޖެހެއެވެ. މިއީ ހަމައެކަނި ޗީޒް ބޭނުންކޮށްގެން ނުވަތަ މަޝްރޫމް، ކުކުޅު ނުވަތަ ތަރުކާރީ ފަދަ ތަކެތި އަޅައިގެންވެސް ތައްޔާރުކުރެވިދާނެ އެއްޗެކެވެ.

ކެސަޑިއާ އަކީ 16 ވަނަ ގަރުނުން ފެށިގެން މެކްސިކޯގައި ތައްޔާރުކުރަމުން އަންނަ ކާއެއްޗެކެވެ. ކުރީޒަމާނުގައި މީތި ތައްޔާރުކުރަނީ ގްރިޑްލް އެއްގައި ހޫނުކުރާ ކޯން ޓޯޓީލާގައެވެ. އޭގެ މެދަށް ޗީޒާއި، މަސް ނުވަތަ ތަރުކާރީ ފަދަ ތަކެތި އެޅުމަށްފަހު ފަތްޖަހާލައިގެން އަތުން ކެއުމަށް ބޭނުންކުރެއެވެ.

ބޭނުންވާ ތަކެތި

🍳 ބޮޑު ސައިޒުގެ ފުށް ޓޯޓީލާ

🍳 ގާނާފައި ހުރި ޗީޒް (ޗެޑަރ ނުވަތަ މޮންޓެރޭ ޖެކް ފަދަ)

🍳 އޮލިވް އޮއިލް ނުވަތަ ބަޓަރު

އިތުރަށް އެޅިދާނެ ތަކެތި:

🍳 ކޮށާފައި ހުރި މަޝްރޫމް

🍳 ފިޔާ ފަތް (ލީކްސް)

🍳 ކޮށާފައި ހުރި ކަޅު އޮލިވްސް (ޒައިތޫނި)

🍳 ކުދިކޮށް ކޮށާފައި ހުރި ތާޒާ ޓޮމާޓޯ

🍳 ކުކުޅު މަސް

🍳 އެވަކާޑޯ

🍳 ސަލަޑް ފަތް (ލެޓިއުސް)

🍳 އެޕަލް ސައިޑަރ ވިނިގަރ

🍳 ލޮނު

ތައްޔާރުކުރާނެ ގޮތް

  • ޓޯޓީލާގައި ވައިބޮކި އުފެދެންދެން ހޫނުކުރުން:
    މެދު މިންވަރެއްގެ ހޫނުމިނެއްގައި ބޮޑު ތަވައެއް އުނދުުންމައްޗަށް އުދުލާށެވެ. ތަވައިގެ ފުލުގައި ކުޑަ ތެޔޮފޮދެއް (ބައި ސައިސަމުސާވަރު) އުނގުޅާލާށެވެ. (ބަޓަރުވެސް ބޭނުންކުރެވިދާނެއެވެ).
    ތަވައިގެ ތެރެއަށް ޓޯޓީލާލައި، ކޮންމެ 10 ސިކުންތަކުން އެއްފަހަރު އަނެއް ފަރާތަށް ޖަހަމުން ދާށެވެ. ޓޯޓީލާގެ ތެރޭގައި ވައިބޮކި އުފެދެން ފަށަންދެން މިގޮތަށް ކުރިއަށް ގެންދާށެވެ.
  • ޗީޒާއި އެހެނިހެން ތަކެތި އެޅުން:
    ޓޯޓީލާގައި ވައިބޮކި އުފެދެން ފެށުމުން، ގާނާފައި ހުރި ޗީޒް މުށެއްގެ މިންވަރަށް ނަގައި ޓޯޓީލާގެ މައްޗަށް ބުރުވާލާށެވެ. ޗީޒްތައް ސީދާ ތަވައިގައި ނުޖެހޭނެހެން ސަމާލުވާށެވެ.
    ދެން ބޭނުންވާ އިތުރު ތަކެތި (ފިޔާފަތް، މަޝްރޫމް، އޮލިވްސް، ޓޮމާޓޯ ފަދަ) އަޅާށެވެ. ކުކުޅު ކެސަޑިއާ އެއް ހަދަން ބޭނުންނަމަ ކައްކާފައި ހުރި ކުކުޅު މަސް އަޅާށެވެ.
    މާ ބޯކޮށް މިތަކެތި ނާޅާށެވެ. އެއީ މާ ބޯކޮށް އަޅައިފިނަމަ ރަނގަޅަށް ހޫނުނުވެދާނެތީއެވެ.
  • ގިނި މަޑުކޮށް ތަވާ މަތިޖެހުން:
    އުނދުނުގެ ގިނި މަޑުކުރުމަށްފަހު ތަވާގައި މަތިޖަހާށެވެ. މިހާރު ތަވާ ހުންނާނީ ޗީޒް ވިރުވައިލުމަށާއި ޓޯޓީލާ މުށިކުލަ އަރުވައިލުމަށް ބޭނުންވާވަރަށް ހޫނުވެފައެވެ. ދުން އަރާވަރަށް ހޫނުވާނަމަ އުނދުުންމަތިން ނަގާށެވެ.
    މިނެޓެއް ފަހުން ޗީޒް ވިރިފައިވޭތޯ ބަލާށެވެ. ނުވިރޭނަމަ އަލުން މަތިޖަހާފައި، ޗީޒް ވިރެންދެން ކޮންމެ މިނެޓަކުން ބަލަމުން ދާށެވެ.
  • ޓޯޓީލާ ފަތްޖަހާލުން:
    ޗީޒް ރަނގަޅަށް ވިރުމުން، އޮމްލެޓް ހަދާއިރު ފަތްޖަހާލާ ފަދައިން، ސަމުސަލެއްގެ އެހީގައި ޓޯޓީލާގެ އެއްފަރާތް ނަގައި އަނެއް ފަރާތަށް ފަތްޖަހާލާށެވެ.
    މިހާރު ހުންނާނީ ކުޑަކޮށް މުށިކުލަ ޖެހިފައެވެ. މުށިކުލަ ނުޖެހޭނަމަ ގިނި ގަދަކޮށްލުމަށްފަހު، ކޮންމެ 10 ސިކުންތަކުން އަނެއް ފަރާތަށް ޖަހަމުން މުށިކުލަ އަރުވާށެވެ.
  • ތަވައިން ނަގައި ބައިބަޔަށް ކޮށާލުން:
    ކެސަޑިއާއާ އެކު ކެއުމަށް ލެޓިއުސް ތައްޔާރުކުރުމަށް، ލެޓިއުސްކޮޅު ތުނިކޮށް ކޮށާލާށެވެ. އޭގެ މައްޗަށް ކުޑަ ވިނިގަރު ފޮދަކާއި ލޮނުކޮޅެއް ބުރުވާލާށެވެ.
    މި ކެސަޑިއާ ސާވްކުރާއިރު ލެޓިއުސް، ސަލްސާ (salsa)، ސަވަރ ކްރީމް (sour cream) އަދި ގުއަކަމޯލީ (guacamole) އާ އެކު ބޭނުންކުރާށެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top