ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާލިއާގެ “އަލްފާ” ޖުލައިގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްމު “އަލްފާ” ރިލީޒްކުރާނެ އާ ތާރީޚު އިއުލާނުކޮށްފިއެވެ.

އާލިއާގެ އިތުރުން އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ޝަރްވަރީ މައިގަނޑު ރޯލުތަކުން ފެނިގެންދާ “އަލްފާ” އަކީ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާރސްގެ ވަރުގަދަ އެކްޝަން ފިލްމެކެވެ. އަދި މި ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާރސްގެ ފިލްމެއްގައި އަންހެނެއް އިސް ރޯލު ކުޅޭ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރިތިކް ރޯޝަން މި ފިލްމުގައި ޚާއްސަ ރޯލަކުން ފެނިގެންދާނެކަމަށް ވެއެވެ.

ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ “އަލްފާ” ޑައިރެކްޓްކުރީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން ކުރު ސީރީޒް “ދަ ރެއިލްވޭ މެން”ގެ ޑައިރެކްޓަރު ޝިވް ރަވައިލްއެވެ.

އެންމެ ފުރަތަމަ 25 ޑިސެމްބަރު 2025 ގައި ރިލީޒްކުރުމަށް ތާވަލު ކުރުމަށްފަހު ޕޯސްޓް ޕްރޮޑަކްޝަންއަށް ވަގުތު ދިނުމަށް 17 އޭޕްރިލް 2026 އަށް ވަނީ ތާރީޚު ލަސްކޮށްފައެވެ. ދެވަނަ ފަހަރަށް ތާރީޚު ލަސްކުރީ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު “ބެޓްލް އޮފް ގަލްވާން” އެ ތާރީޚުގައި ރިލީޒްކުރަން ނިންމުމުން ބޮޑު ދެފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރުމުން ވިޔަފާރިއަށް އަންނާނެ ބަދަލުތަކާ ކުރިމަތިނުލުމަށެވެ.

“އަލްފާ” މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top