ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލަންކާގައި ދިރިއުޅޭ ދިވެހި ކަނބަލުން ވަރަށް ކުލަގަދަކޮށް އަންހެނުންގެ ދުވަސް ފާހަގަކޮށްފި

މާރޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން އަންނަދުވަހެވެ. ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ކަނބަލުން އިސްނަގައިގެން މިދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.

ލަންކާގައި ހުންނަ ދިވެހިންގެ މައި މަރުކަޒު، ސޯސަންވިލާގައި މިކަމަށް ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. އަންހެނުންގެ ދުވަހަށް ހާއްސަ ކުލަތަކަކީ ހުދުކުލަ، ދަނބު ކުލަ އަދި ފެހިކުލައެވެ. މި ހަފްލާގައި ހުރިހާ ކަނބަލުންވެސް ބައިވެރިވެފައި ވަނީ، ފެހިކުލައިން ޖަރީވެގެންވާ ރީތި ހެދުމެއްގައެވެ. ފެހި ކުލަ ރަމްޒު ކޮަށްދެނި “އުންމީދެވެ.”

ދުވަހާ ގުޅުވައި ދުވަހުގެ ހާއްސަ ވާހަކަ ކޮޅު ދައްކަވާފައި ވަނީ، ޔޫ.އެން.އޯ.ޑީ.ސީ ކަންޓްރީ އޮފީސް ޖެންޑަރ ގެ ފޯކަލް ޕޮއިންޓް ޑރ. އައިޝަތު ޝަފީނާއެވެ. ޑރ. ޝަފީނާގެ ވާހަކައިގައި މި ދުވަސް ފާހަގަ ކުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލާފައިވެއެވެ.

މި ހަފްލާގައި ބައިވެރިވި ހުރިހާ ދިވެހި ކަނބަލުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވާއިރު، އުފާވެރި މާހައުލެއްގައި ކުޅިވަރުތަށް ކުޅެފައިވެއެވެ. އެންމެ ރީތި 1،2،3 ވަނަ ހެދުން ހޮވާފައިވެއެވެ. މި ފަދަ ދުވަހެއްގެ ބޭނުމަކީ ދިރިއުޅުމުގެ ކަންކަމުގައި ކަނބަލުންގެ ދައުރު، ފާހަގަކޮށް ޝުކުރު އަދާކުރުމެވެ.

ސްޓޭޖް އައިޓަމްގެ ގޮތުގައި، އިޝާރާތުން ވާހަކަދެއްކުމުގެ ބުރެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ލަކީޑްރޯގެ ގޮތުގައި 15 ކަނބަލަކަށް އިނާމު ލިބިފައިވެއެވެ. އެންމެ ރީތި ހެދުމަށް ހޮވުނު ފަރާތަށް އިނާމާއި ޓައިޓްލް ޝޭޝްގެ އިތުރުން، ރަން ތާޖެއް އަރުވާފައިވެއެވެ. ވަނަތަށް ހޮވާފައި ވަނީ 3 ޖަޖުންގެ ޕެނަލަކުންނެވެ.

ދުވަހުގެ ޚާއްސަ ކެއުމަކާއި ކޭކުފެޅުން ކުރިއަށް ގެންގޮސްފައި ވެއެވެ. ދުވަހުގެ ހަނދާނެއްގެ ގޮތުގައި ފޮޓޯ ނެގުމަށް ހާއްސަ ކުރެވިފައިވާ ފޮޓޯ ބޫތެއް ބޭނުންކޮަށްފައި ވެއެވެ. ދުވަހުގެ ހާއްސަ އައިޓަމެއްގެ ގޮތުގައި، ބައިވެރިވި ހުރިހާ ކަނބަލުންވެސް ކައިރީގައި ކަނާތްފަރާތަށް ހުރި ކަނބަލަކާ ސަލާމް ކޮށްލާ އެކުވެރި ވެލިއެވެ.

ދަނޑުގައި ކަނބަލުންގެ މެދުގައި ކުޅިވަރު ގޭމް ކުޅެފައިވެއެވެ. ހަފްލާ ނިންމާލާފައި ވަނީ ދުވަހާއި ގުޅުވައި ޚާއްސަ ދުޢާ އަކުންނެވެ.

@muniavasInternational Women’s Day Celebrations♬ original sound – MUNIAVAS

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top