ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އެންމެ 5 ވޯލްނަޓް ކެއުމުން ނުރަނގަޅު ކާނާއަށް ހުންނަ ދަހިވެތިކަން “ކްރޭވިންގްސް” ކުޑަކޮށްދޭ!

މަދު މިންވަރެއްގެ ވޯލްނަޓް ކެއުމުން ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވައިދިނުމުގެ އިތުރުން، ސިއްހަތަށް ފައިދާ ނެތް ކާނާއަށް ހުންނަ ޝައުގުވެރިކަން ނުވަތަ “ކްރޭވިންގްސް” ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި، ވޯލްނަޓްގައި ހިމެނޭ އޮމެގާ-3 ފެޓްސް އާއި އެންޓިއޮކްސިޑެންޓްސްގެ ބާރުގަދަ މާއްދާތަކުގެ ސަބަބުން ސިކުނޑީގެ “ރައިޓް އިންސޫލާ” (right insula) ކިޔާ ބަޔަކަށް ނުފޫޒު ފޯރުވައެވެ. މިއީ ބަނޑުހައިހޫނުކަމާއި އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ކޮންޓްރޯލް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ.

ހާވާޑް ޔުނިވަރސިޓީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ވޯލްނަޓް ކެއުމުން ސިކުނޑީގެ މި ސަރަހައްދު އިތުރަށް ހަރަކާތްތެރިވެ، މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާ އާއި ފޮނި ތަކެއްޗަށް ހުންނަ ދަހިވެތިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އިންސާނާއަށް ލިބިދެއެވެ.

ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި އެންމެ ފަސް ވަރަކަށް ވޯލްނަޓް ކެއުމުން، މަދު މިނެޓުކޮޅެއްގެ ތެރޭގައި ސިކުނޑިއަށް އޭގެ އަސަރުކުރަން ފަށައެވެ. އަދި ގާތްގަނޑަކަށް 10 މިނެޓު ފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ސިއްޙަތަށް ނުރަނގަޅު ކާނާ ކާހިތްވާ މިންވަރު ކުޑަކޮށްދިނުމުގެ ފުރުސަތު އޮވެއެވެ.

ވޯލްނަޓަކީ ފައިބަރާއި، ފައިދާހުރި ފެޓްސްގެ އިތުރުން ގަސްގަހާގެހިން ލިބޭ ޕްރޮޓީން އިން މުއްސަނދި އެއްޗެކެވެ. މީގެ ސަބަބުން ބަނޑު ފުރިފައި ހުންނަ އިހުސާސް ދެމެހެއްޓުމަށާއި ސިއްޙީ ގޮތުން ރަނގަޅު ކެއުމުގެ އާދަތަކަށް މަގުފަހިވެއެވެ. ކޮންމެ ދުވަހަކުވެސް އަތްތިލަ ފުރޭވަރުގެ މަދު މިންވަރެއްގެ ވޯލްނަޓް ކެއުމަކީ، ކާހިތްވާ މިންވަރު ކޮންޓްރޯލް ކުރުމަށް އެޅޭނެ ފަސޭހަ އަދި ފައިދާހުރި ފިޔަވަޅެއް ކަމަށް ކާނާއާ ބެހޭ މާހިރުން ލަފާދެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top